ސެޕްޓެމްބަރު މަހު ފެމެލީ ކޯޓުގެ ކާވެނީ ގެ ހިސާބު ތަކަށް ބަލާއިރު ރާއްޖެއިން ބޭރުގައި ކައިވެނިކޮށް، ރާއްޖޭގައި ރެޖިސްޓްރީ ކުރުމަށް 23 ފަރާތަކުން ވަނީ ހުށައަޅާ ރެޖިސްޓްރީކޮށްފައެވެ.މިއީ ކޮން ގައުމުތަކެއްގައި ކުރި ކައިވެނިތަކެއް ކަމެއް އެ ކޯޓުގެ މައުލޫމާތުގައި ހިމަނާފައި ނުވެއެވެ.
މީގެ އިތުރުން ދިވެހިން 7 ބިދޭސީންނާ ކާވެނިކޮށްދީފައިވެއެވެ. ދިވެހިންނާއި ކާވެނި ކުރި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަނގުލަދޭސް ގެ ދެ ފިރިހެނުންނާއި، އިނގިރޭސި ވިލާތުގެ ފިރިހެނަކާއި، އިންޑިޔާގެ 2 އަންހެނުންނާއި، ނޭޕާލު އަންހެނަކާއި އަދި ފަރަންސޭސި ވިލާތުގެ އަންހެނެކެވެ.
މިދިޔަ މަހު ފެމެލީ ކޯޓުގައި 131 ކައިވެނި ކޮށްދީފައިވާ އިރު މީގެ ތެރޭގައި 4 މީހަކު ވަނީ 2 އަނބިންނާ ކައިވެނިކޮށްފައެވެ. 3 އަނބިން އަދި 4 އަނބިންނާ އިނުމަށް އެއްވެސް މީހަކު ކާވެނި ކުރަން މިދިޔަމަހު ހުށައަޅާފައި ނުވެއެވެ.
Dhe anbeenaa hatharu anbeenaa adhi thin anbeenaa raajjein beyrugaa vias raajjeygaa vias innamun dhanee firihenun ves anhenunaves ikhulaastherikameh ovegen noon, liberty Kuda faisaakolhegge edhumugaa , ginafaharah dhoshee anbin thibenee evves kharadheh nudhee evves alhaalumeh nethi dhuniyeah baakeevefa dhuniyeah ginavefa, efadha haalegaa jassaafa ithuru meehakah kaiveni kurun hudhdhaeh ves nuvaane, dhe anbeen gengulheyne fenvareh nethas komme ves bayaku lavvaa dhogu mauloomaathu koatu thakah dheegen ves eba thi kulhigandeh kulhey, Gina faharah, anbin blanee dhareen dhareen mamma beleemaa e vaanethoa thimaage anbi meehaa ah alhaalaa kharadheh kuraa kamah, evaruge meehun Hama kommehen ves jeheythoa dhe anbeennaa kaiveni kuran.??