• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ހޮޅުދޫގައި މުއިއްޒު އިތުރުފުޅު ހެއްދެވި މައްސަލާގައި ރައްޔިތުންގެ ނުރުހުން

by މުރާސިލު
އޯގަސްޓް 26, 2023
in ޚަބަރު
5
ހޮޅުދޫގައި މުއިއްޒު އިތުރުފުޅު ހެއްދެވި މައްސަލާގައި ރައްޔިތުންގެ ނުރުހުން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ނ.ހޮޅުދޫ ރައްޔިތުންނާ މުހާތަބުކޮށް ދެއްކި ބައެއް ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެކަމުގެ ފުރިހަމަ މައުލޫމާތު އޮޅުވާލުމުގެ ނިޔަތުގައި ދެއްކި ވާހަކައެއް ކަމަށް ހޮޅުދޫގެ ބައެއް ފަރާތްތަކުން ހާމަކޮށްފިއެވެ. މި ގޮތުން ހޮޅުދޫގެ މަގުހެދުމާއި ނަރުދަމާއާއި އަދި ހޮޅުދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސާދީފައިވާ ފަޅުރަށް މީދޫ އާ ބެހޭ ގޮތުންވެސް މުއިއްޒުވަނީ ދޮގު މައުލޫމާތު ދީފައެވެ. މުއިއްޒުގެ ވާހަކައިގައި ހޮޅުދޫގެ ބައެއްގެ ގޮތުގައި މީދޫ ހަމަޖެއްސީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށާއި ހޮޅުދޫގައި ފެނާ ނަރުދަމާ ގެ މަސައްކަތް ފެށިފައިނުވާތި އެކަމާ ސަރުކާރުން ލަދުވެތިވާން ޖެހޭނެ ކަމަށެވެ.

މި ވާހަކަތައް ރައްދު ދެމުން ހޮޅުދޫ ކައުންސިލުގެ ކުރީގެ ރައީސް މުހައްމަދު ނަސީރު ވިދާޅުވީ ހޮޅުދޫ ގެ އަވަށެއްގެ ގޮތުގައި ނ. މީދޫ އެންމެ ފުރަތަމަ ލިޔުން ދީފައިވާނީ ރައީސް މައުމޫންގެ ވެރިކަމުގައި 2002 ވަނަ އަހަރުގައެވެ. އެއަށްފަހު 2012 ވަނަ އަހަރު މީދޫ އަކީ ހޮޅުދޫގެ އަވަށެއްގެ ގޮތުގައި ޤާނޫނީ ގޮތުން ހަމަޖެއްސެވީ ޑރ. ވަޙީދު ވެރިކަމުގައެވެ. އެއަށްފަހު 2020 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށްގެނެވުނު ބަދަލާއިއެކު 700 މީޓަރަށްވުރެ ހޮޅުދޫއާއި ދުރުގައި މީދޫ އޮތުމުން މީދޫ ވަނީ ހޮޅުދޫ އިޙްތިސޯސްގައި ނުހިމެނިއެވެ. އޭގެ ފަހުން އަނެއްކާވެސް މީދޫ ހޮޅުދޫގެ އިހްތިސޯސް ތެރެއަށް ހިމަނުއްވާ ހޮޅުދޫ(ހޮޅުމީދޫ)ގެ ނަމުގައި ލިޔުއްވާ އެ ބަދަލު ގެނެސްދެއްވީ ހިނގަމުންމިދާ ވެރިކަމުގައި 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. ނަސީރު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކަށްވެ ހުރެ މިވަރުގެ ބޮޑެތި ދޮފުހަދަން ހެޔޮނުވާނެކަމަށެވެ.

ހޮޅުމީދޫގެ ރައީސް ގަރާރު ގެ ކޮޕީއެއް، މުއިއްޒު ވަނީ މި ކަން ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށް ހޮޅުދޫ މީހުން ބުނޭ

މުއިއްޒުގެ ވާހަކަ ކުށްވެރިކޮށް ހޮޅުދޫން ވާހަކަދެއްކި އެހެން ބޭފުޅަކު ފާހަގަކުރެއްވީ ފެނާ ނަރުދަމާގެ ވާހަކައެވެ. މި ގޮތުން ޕީޕީއެމް ވެރިކަމެއްގައިހޮޅުދޫއިން އެތައް ފަހަރަކު މެޖޯރިޓީ ވޯޓު ހޯދައިގެންވެސް އެ ވެރިކަމުގައި ފެނާ ނަރުދަމާގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އެކަމުގެ ތަސައްވުރެއްވެސް ގެންގުޅެފައިނުވެއެވެ. މި ސަރުކާރުން ހޮޅުދޫގެ ފެނާ ނަރުދަމާގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި، މި މަސައްކަތުގެ %80 ވަނީ ނިމިފައެއެވެ. ކުރިއަށްއޮތް ދެ މަސް ދުވަހުގެ ތެރޭގައި ހޮޅުދޫގެ ހުރިހާ ގެއަކަށް ހިދުމަތް ފުރިހަމަ ކުރުމަށް ފަހު ދެވޭނެ ކަމަށެވެ. މަގު ހެދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި، ހަދަމުންދާ މަގު ހުރަސްކޮށް، ޖަލްސާއަށް ގޮއްސަ މުއިއްޒު ބުނަނީ ހޮޅުދޫގައި ތަރައްގީގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށެވެ.

މުއިއްޒުގެ ކެމްޕޭނުގައި ބައެއް ރަށްރަށަށް ވައުދުވާއިރު އެ ރަށުގައި ނިމިފައި ހުންނަ ކަންތައްތަކުގެ ވައުދާއި ހިނގަމުންދާ މަސައްކަތްތަކުގެ ވައުދުވެސް ވާތީ ބައެއް ފަރާތްތަކުން މުއިއްޒާއި އެމަނިކުފާނުގެ ޓީމަށް ފާޑުކިޔުންދަނީ އަމާޒުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Comments 5

  1. އައިސް says:
    2 years ago

    މި ދޮގު ހަބަރެއް.. ދޮގާ މަކަރު ހަދާ

    Reply
  2. އަލީރަޝީދު ހުޅުމާލެ says:
    2 years ago

    މުއިޒަކީ ޚަސީލަތުގައިވެސް ބޮޑެތި ދޮގާއި މަކަރުގެ ވެރިއެކެވެ. ކުރިން ހައުސިންގ މިނިސްޓްރީގައި ހުރިއިރު އަޅުގަޑުގެ އާހާބަރުގައި ހިންގަހިންގަ ހުރި ކަޑައެއްވެސް އަޅުގަޑަށް އެހެންތަނަކުން ބަދަލުގައި ތަނެއް ދައްކާ އިންވަކިކޮށް އަޅުގަޑުގެ ތަން މަކަރުން އަތުލުމަށްފަހު ބަދަލުގައި ދިންތަންވެސް އަތުލާއި މީނަގެ ބޭނުން ފުދުމުން ހަދަަން ނައްތާލީއެވެ. މިކަން މީނަ ހިންގިގޮތުގެ ލިޔެކިޔުން މިހާރުވެސް އެބަހުއްޓެވެ. ތުބުޅި ލާފާ ހުއްޓސް މިހުރިހާ ރިޔާސީ ކެންޑިޑޭޓުން ތެރެއިން އެންމެ ހީލަތްޔެރި މަކަރުވެރިޔަކީ މީނައެވެ.

    Reply
    • sana says:
      2 years ago

      ކަލޭތީ ކޮންހޮރަކުންނިކުމެގެން އުޅޭ ކާޅެއް

      Reply
  3. ahmed says:
    2 years ago

    4 އަކަށް ވޯޓްދޭނީ

    Reply
  4. އައްޔަ says:
    2 years ago

    މުއިއްޒު މިނިސްޓަރ ކަމުގަ ދޮންއަމަޔަށް ހަލާލު ބައި ނުދެން ވެގެން އެފަކީރު ޑީޕޯރޓު ކިއްލި ހިތުގެ ވާހަކަ ވެސް ލިޔެލަބަލަ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©