• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕް ކުލަބް އާބަންކޯ ކާމިޔާބު ކޮށްފި

by އަހުމަދު މަލްދާން ހާޝިމް
ޖޫން 26, 2023
in ކުޅިވަރު
0
އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕް ކުލަބް އާބަންކޯ ކާމިޔާބު ކޮށްފި

ޗެމްޕިއަން އާބަންކޯ ޓީމުން ތައްޓާއެކު އުފާ ފާޅުކުރަނީ. ފޮޓޯ: ބައިބަލާ އެސޯސިއޭޝަން

މިއަހަރު މުޅިން އަލަށް އޮފީސްތަކާ ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕް ފައިނަލުގައި އެމް.ޕީ.އެލް ބަލިކޮށް ކުލަބް އާބަންކޯ އިން ކާމިޔާބު ކޮއްފިއެވެ.

ނުވަ ޓީމު ބައިވެރިވި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ގުރޫޕަކަށް ބަހައިލައިގެން ކޮންމެ ގުރޫޕަކުން ވެސް އެންމެ މަތިން ޕޮއިންޓް ހޯދާ ދެޓީމް ސެމީފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

ހުކުރު ދުވަހުގެ ރޭ މުބާރާތުގެ ފުރުތަމަ ސެމީ ފައިނަލު މެޗުގައި ވާދަކުރީ އެމް.ޕީ.އެލް އަދި ރޯޑް ރިކްރިއޭޝަން ކުލަބް (އާރް.އާރް.ސީ) އެވެ. މި ދެ ޓީމު ކުޅެވުނު ދެގޭމް އެއްވަރު ވެގެން ނަތީޖާ ނެރުމުގެ ގޮތުން ގަދަ ހިފުމަކަށް ގޮސް މެޗު ކާމިޔާބުކޮށް އެމް.ޕީ،އެލް ވަނީ ފައިނަލުގެ ޖާގައެށް ކަށަވަރުކޮއްފައެވެ.

ދެވަނަ ސެމީ ފައިނަލް މެޗުގައި ވާދަ ކޮއްފައި ވަނީ ކުލަބް އާބަންކޯ އަދި އެސް.ޓީ.އޯ ރެކްރިއޭޝަން ކުލަބެވެ. މިމެޗު ސީދާ ދެގޭމު ކާމިޔާބުކޮށް އާބަންކޯ ވަނީ ފައިނަލުގެ އަނެއް ޖާގަ ކަށަވަރު ކޮށްފައެވެ.

ތިންވަނަ ހޮވާ މެޗުގައި ވާދަ ކޮއަފައިވަނީ ސެމީ ފައިނަލު މެޗުތަކުގައި ބަލިވި ދެޓީމް ކަމުގައިވާ އާރް.އާރް.ސީ އަދި އެސް.ޓ.އޯ އެވެ. މިމެޗު ކޮޅަކަށް ގޭމެއް ގޮސް އެވަރުވެގެން ނަތީޖާ ނެރެން ޖެހުނީ ގަދަ ހިފުމަކަށް ގޮސްގެނެވެ. ގަދަ ހިފުން 1-2 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ ހޯދައިފައިވަނީ އާރް.އާރް.ސީ އެވެ.

އެމް.ޕީ.އެލް އަދި ކުލަބް އާބަންކޯ ވާދަކުރި ފައިނަލް މެޗު ފޯރިގަދަ ކުޅުމަކައް ފަހު މިމެޗުގެވެސް ނަތީޖާ ނެރެން ޖެހުނީ ގަދަ ހިފުމަކަށް ގޮސްގެނެވެ. ފުރުތަމަ ދެހިފުން ކާމިޔާބުކޮށް ކުލަބް އާބަންކޯ ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ. ފައިލަކުގައި އެންމެ އާދަޔާ ހިލާފު ކަމަކަށް ފާހަގަ ކުރެވުނީ ގަދަ ހިފުމުގައި އެމްޕީއެލް އިން ބޭރުން އެރި، ކުރިން އެތައް ފަހަރަކު މިސްޓަރ ބައިބަލާ ގެ ޝަރަފު ހޯދާފައިވާ އަސްލަމް ހިފެހެއްޓުމެވެ. ވަގުތު ހަމަވަންދެން އަސްލަމް ހިފެހެއްޓީ އާބަންކޯ ޓީމުގެ މަޝްހޫރު ކައިޓު ސަރފަރ ހަންޓޭއެވެ. މިއީ ބައިބަލާގައި ވަރަށް މަދުން ނޫނީ ނުފެންނަ ހުނަރެކެވެ.

ފައިނަލް މެޗައް ފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ޓީމުތަކާ ކުޅުންތެރިން ވަނީ ހޮވާފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ކުލަބް އާބަންކޯގެ އިބްރާހިމް ސަމީން (ޝައްމި) އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ އެސް.ޓީ.އޯ އާރް،ސީ އެވެ.

މުބާރާތުގެ ގަދަ ފަސް ކުޅުންތެރިނަށް ހޮވިފައިވަނީ އެމް،ޕީ.އެލްގެ އަހުމަދު މުހައްމަދު (އައްމަޑޭ)، އާރް.އާރް.ސީގެ އަހުމަދު ފިރާޒް މޫސާ (ހާނޑޫ)، ކުލަބް އާބަންކޯގެ ތިން ކުޅިންތެރިން ކަމުގައިވާ ރިލްވާން ފަރުހަތު، އިބްރާހިމް ސަމީން (ޝައްމި) އަދި ހަސަން މާހިރް (ހަންޓޭ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައިވާ މިސްޓާ ބައިބަލާ އަކަށް ހޮވިފައި ވަނީ ކުލަބް އާބަންކޯގެ ހަސަން މާހިރު (ހަންޓޭ) އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމު ކުލަބް އާބަންކޯ އަށް މެޑަލް އަދި ފައިސާގެ އިނާމުގެ އިތުރުން ޗެމްޕިއަން ތަށި ހަވާލު ކޮއްދެއްވާފައިވަނީ އާބަންކޯގެ ޑެޕިޔޫޓީ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު ގައިސް އެވެ.

ގުޅުންހުރި ލިޔުންތައް

މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟

މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟

ޖޫން 10, 2026
ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ޖެނުއަރީ 22, 2024
ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

އެފްއޭއެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށައަޅައިފި

ޖެނުއަރީ 17, 2024
އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

ޖެނުއަރީ 15, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©