• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފި

by އަބްދުﷲ ސަފީގު އަލީ
ޖޫން 26, 2023
in ޚަބަރު
0
މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފި

މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު ތެރޭގައި ހިމެނޭ 'ފަހި ދިރިއުޅުން ކޯޕަރޭޝަނުން' ހަދަމުންދާ ފްލެޓް ތަކެއް

މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ ’ބިންވެރިޔާ ސްކީމް‘ އާއި ’ގެދޮރުވެރިޔާ ސްކީމް’ގެ ދަށުން ހުޅުމާލެއާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯއްޗާއި، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ ފުރުސަތުގައި، ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އާއްމުކޮށްފިއެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ދާ ޕްރެސް ކޮންފަރެންސްގައި އަސްލަމް ވިދާޅުވީ މިއަދު އިއުލާން ކުރަނީ ބިންވެރިޔާ ޕްރޮގްރާމަށް ކުރިމަތިލީ ވަގުތީ ލިސްޓެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ މި ވަގުތަށް އިއުލާން ކުރާ 5000 ގޯތި ލިބޭ މީހުންގެ އިތުރުން މި މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މަސައްކަތް ވެސް މިހާރު ނިމުމަކަށް ގޮސްފައިވާ ކަމަށާއި އެ ލިސްޓަށް މާ ދިގު އިންތިޒާރެއް ކުރަން ނުޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ދެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަމަވި އިރު، ޖުމްލަ 36،000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ގޯއްޗަށް އެދި 15،164 ފޯމާއި، ތިން ކޮޓަރީގެ އެޕާޓްމަންޓަށް އެދި 14،489 ފޯމުގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމު ހުށަހަޅާފައިވެއެވެ.

އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ، ގޯއްޗަށާއި ފްލެޓަށް ފޯމް ހުށަހެޅުމަށް ޚާއްސަކޯށް އުފެއްދި ’ގެދޮރުވެރިން ޕޯޓަލް’އަށް ދުނިޔޭގެ 64 ގައުމެއްގައި ތިބެގެން މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ބިންވެރިޔާ ސްކީމްގައި ބައިވެރިވުމަށް 15،164 ފޯމް ހުށަހަޅާފައިވާއިރު، އެ ފޯމްތަކުގައި 23،088 މީހެއްގެ ނަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އަސާސީ ޝަރުތުތައް 12،794 ފޯމެއްގައި ހަމަވާއިރު، ޝަރުތު ހަމަވާ މީހުންގެ އަދަދު 19،857އަށް އަރާ ކަމަށް އާރިފް ވިދާޅުވިއެވެ.

މިއަދު އާންމުކުރާ ލިސްޓުގައި 10،314 މީހުންގެ ނަން ހިމެނޭއިރު، އެ ލިސްޓުގައި ނުހިމެނޭ ނަމަވެސް ޝަރުތު ހަމަވާ 9،500އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

”[ސިންގަލްކޮށް ފޯމް ހުށަހެޅި] ބޭފުޅުންނާއި ދެން ލިސްޓުގައި ތިބި ބޭފުޅުންނަށް މިހުޅުވާލަނީ ޖޮއިންޓްވާން. މި ލިސްޓު ގެޒެޓް ކުރެވުމާއެކު ޕޯޓަލްގަ [ޖޮއިންޓްވާން އެދޭ] ފީޗާވެސް ހުންނާނެ… އެ ބޭފުޅެއްގެ އައިޑީ ކާޑު ނަމްބަރު ޖައްސަވާފަ އެއީ އާއިލީ ގޮތުން ކޮން ގުޅުމެއް އޮންނަ ބޭފުޅެއްކަން ޖެއްސެވީމަ އެ ރިކުއެސްޓް ދާނެ ރިކުއެސްޓް ފޮނުވާ ބޭފުޅާއަށް އެ ބޭފުޅާ ޕޯޓަލްއަށް ވަންނަވާ އެ ރިކުއެސްޓް އެކްސެޕްޓް ކުރެއްވީމާ އެ ޖޮއިންޓް ކުރެވޭނެ ހަމަ އެގޮތަށް އާއިލާ ގުޅުން އޮންނަ ހުރިހާ ފަރާތަތަކަށް ޖޮއިން ކުރެވޭނެ,“ އާރިފް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއަދަކީ މާލޭގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވާނެ ކަމަށާއި، ރާއްޖޭގެ ބޯހިޔާވަހި ކަމުގެ ފުރިހަމަ ސިޔާސަތެއް މި ސަރުކާރުގައި އެބައޮތް ކަމަށެވެ. މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ ދަތިތައް އެބަހުރި ކަމަށާއި އެކަމަކު ޖުމްލަ ހައްލެއް ލިބިގެން ދާނީ މުޅި ރާއްޖޭގެ ތަރައްގީ ގެނެވިގެން ކަމަށެވެ.

  • މި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން 5،000 ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު: https://www.gazette.gov.mv/iulaan/246491

ގުޅުންހުރި ލިޔުންތައް

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޖޫން 2, 2025
ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މެއި 30, 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©