• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އެމްޑީޕީގެ އަހަރީ ދުވަހުގެ ހާއްސަ މެސެޖު؛ ވަކި ފަރުދަކަށް ވުރެ އެމްޑީޕީ ބޮޑުވާނެ!

by މުރާސިލު
ޖޫން 26, 2023
in ޚަބަރު
1
އެމްޑީޕީގެ އަހަރީ ދުވަހުގެ ހާއްސަ މެސެޖު؛ ވަކި ފަރުދަކަށް ވުރެ އެމްޑީޕީ ބޮޑުވާނެ!

މިއަދު އަލަށް އެ ޕާޓީއާ ގުޅުނު މެމްބަރަކު ސޮއިކުރާއިރު އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި އަދަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) 18 ވަނަ އަހަރީ ދުވަހެވެ. މިއަދު އެ ޕާޓީން ފާހަގަ ކުރާ އަހަރި ދުވަހުގެ މުނާސަބަތުގައި ޗެއަރޕަސަން ފައްޔާޒު އިސްމާއިލު ވަނީ ޕާޓީ މެމްބަރުންނާއި ސަޕޯޓުކުރާ ފަރާތްތަކަށް މުހާތަބްކޮށް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު އެންމެ ފުރަތަމަވެސް ފާހަގަ ކުރީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ޕާޓީ އުދެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު ނަޝީދު ޕާޓީން ވަކިވެ ދިއުމަށް އިޝާރާތްކޮށް، އެމްޑީޕީއަށް ވުރެ ވަކި ފަރުދެއް ބޮޑު ނުވާނެކަން ހާމަކުރަމުންނެވެ. ނަޝީދު އަމިއްލަފުޅަށް ޕާޓީއެއް ހައްދަވަން ނިންމާ އެމަނިކުފާނަށް ތާއިދު ކުރާ މަޖުލިސް މެމްބަރުންނާ އާއްމު މެމްބަރުން ހިމެނޭ ގޮތަށް ވަނީ ’ދަ ޑިމޮކްރެޓްސް‘ ނަމުގައި ސިޔާސީ ޕާޓީއެއް ހައްދަވާފައެވެ. ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރާ ބަޔަކު ޕާޓީން ވަކިވިޔަސް ފައްޔާޒު ވިދާޅުވަނީ ވަކި ފަރުދަކަށްވުރެ އެމްޑީޕީއާއި، ގައުމު، އެ ޕާޓީގެ މެމްބަރުންނަށް ބޮޑުވުމަކީ ލިބުނު ކާމިޔާބީއެއްކަމަށެވެ.

ފައްޔާޒް ދެއްވި ހިތާބުގައި އިތުރަށް ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރުން ވަނީ ރައްޔިތުން އެދޭ ވަރަށް ބޮޑު ކާމިޔާބީތަކެއް ހޯދާފައިކަމަށެވެ. އެހެންނަމަވެސް، އެ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި ޕާޓީގެ އެތެރޭގެ މައްސަލަތަކާ ހުރެ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ

އެމްޑީޕީގެ ޗެއަރޕަސަން ގެ އިތުރުން ސަރުކާރުގެ އިގްތިސާދީ ވަޒީރުކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވި ގޮތުގައި، ފާއިތުވެދިޔަ ފަސް އަހަރަކީ ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް އެމްޑީޕީގެ މެންބަރުން ހޯދި ސަރުކާރުން ގެނެސްދިން އަހަރުތަކެކެވެ. އަދި އެ ކުރިއެރުންތަކުގެ ސަބަބަކީ އެމްޑީޕީގެ ލޮބުވެތި މެންބަރުން ކުރި މަސައްކަތްކަމަށް ފައްޔާޒު ވިދާޅުވިިއެވެ.

ފައްޔާޒު ވިދާޅުވާ ގޮތުގައި ފަސް އަހަރުގެ ތެރޭގައި ހޯދުނު ކާމިޔާބީ، ޒަމާންތަކަކަށް ދެމެހެއްޓޭނެ ގޮތަކީ މި ސަރުކާރު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމެވެ. އަމިއްލަ ރަށުގައި އާއިލާއަށް ރަނގަޅު އާމްދަނީ ލިބޭނެ މަގެއް ހުޅުވޭ ބޮޑު ދޮރާށިން ދެވޭނެ ދުވަހަކީ އަންނަ ސެޕްޓެމްބަރު މަހު ތިލަފަތަށް ލާ ވޯޓުކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރާއިރު އެ ޕާޓީއަށް ލިބިފައިވާ އެންމެ ބޮޑު ނިކަމެތިކަމަކީ، ޕާޓީއަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރި މެމްބަރުން، އެންމެ ފަހުން ސަރުކާރު ވައްޓާލަން، ރައީސަށް ދަތިކޮށް ދެވަނަ ދައުރެއް ހޮވުނަ ނުދޭން ފަށާފައިވާ މަސައްކަތެވެ. ނަޝީދަށް ބާރު ހޯދައި ދިނުމުގެ ނަމުގައި މަސައްކަތް ފެށި ’ފިކުރުގެ ދިރުމުގެ‘ މެމްބަރުން މިހާރުވަނީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޕީޕީއެމާއި އެކު މަސައްކަތް ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025

Comments 1

  1. En'geymeeha says:
    3 years ago

    MDP AHVURE QAUM BODUVAANEKAN NEYN’GEYTHEETHA INDIA MILTAREESIFINGENAEE

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©