ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން މާލޭ ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ކަރާ މާދަމާއިން ފެށިގެން ބަހާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސިޓީ ކައުންސިކުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް 12 ޓަނުގެ ކަރާ ލިބިފައިވާއިރު މީގެ އިތުރަށް ވެސް ލިބޭނެ ކަމަށް ވެއެވެ.
ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން މާދަމާ ހެނދުނު 09:30 ން 15:00 އަށް، 21:30 ން 00:00 އަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށާއި މެންދުރުފަހު 13:00 ން 17:00 އަށެވެ.
ކަރާ ބަހާ ގޮތަށް ހަމަޖެހިފައިވަނީ ކޮންމެ އައިޑީކާޑަކަށް ދެ ކަރާ ގެ މަގުންނެވެ.
މީގެ އިތުރުން، 15،000 ކާށި ވެސް ވަނީ ސިޓީ ކައުންސިލަށް ލިބިފައެވެ. އެ ކާށިތައް ވެސް އެ ތާރީހުތަކުގައި ބަހަން ނިންމައިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ. މީގެ ކުރިން ވެސް 35000 ކާށި ވެސް ވަނީ ސިޓީ ކައުންސިލަށް ހަދިޔާކޮށްފައެެވެ.





Male meehun ge adha dhu ingeyne