ގެއްލިގެން ހޯދަމުންދިޔަ، ސ. ހިތަދޫ/ ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) ފެނިއްޖެ ކަމަށް ޕޮލިހުން މައުލޫމާތު ދީފިއެވެ. މި މަހުގެ 16 ވަނަ މާލެ އައި ގޮތަށް ހަބަރެއް ނުވެގެން، އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް އެ އިދާރާއިން ބުނެއެވެ.
ފުލުހުން ފަހުން ބުނި ގޮތުގައި ރޭ 22:30 ހާއިރު ވިސާމާ ވަނީ މާލެއިން ފެނިފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.
ފަހަކަށް އައިސް އާއިލާއަށް ހަބަރު ނުވެ ގެއްލިގެން ހޯދާ މީހުން ފެނުނަސް، އެމީހުން ގެއްލުނު ސަބަބު ހާމައެއް ނުކުރެއެވެ.