ގައުމީ އެމްބިއުލާންސް ހިދުމަޔް މިއަދު ތައާރަފް ކޮށްފިއެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ޖަލްސާއެއްގައި މާލޭ ސަރަހައްދަށް ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ގައުމީ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނައިރު، އެ ހޯދުމަށް ދިނުމަށް ކޯލް ސެންޓަރެއް ގާއިމުކޮށް، ހޮޓްލައިން ނަމްބަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 100 އެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މި ހިދުމަތަކީ ވީހާވެސް އަވަހަކަށް މެޑިކަލް އެމަޖެންސީތަކާއި އެކްސިޑެންޓްތަކަށް އެޓެންޑްވެ، އަނިޔާ ލިބިފައިވާ މީހާ ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއާގެ ހިދުމަތް ފޯރުކޮށްދިނުން ބޭނުމުގައި ތައާރަފު ކުރި ހިދުމަތެކެވެ.
މިނިސްޓްރީން ބުނީ، ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ގައުމީ އެމްބިއުލާންސް ހިދުމަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ. އެ މަސައްކަތުގައި މާލޭ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކުން ބައިވެރިވާނެ ކަމަށްވެސް ބުންޏެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ ގައުމެއްގައިވެސް ގައުމީ އެމްބިއުލަންސްގެ ހިދުމަތްދެއެވެ.
ގައުމީ އެމްބިއުލާންސްގެ ހިދުމަތަކީ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް އިބްރާހިމް މުހަމަދު ސޯލިހު ވެވަޑައިގަންފައިވާ ވައުދެކެވެ. މީގެ ކުރިންވަނީ ސީ އެންބިއުލަންސް ހިދުމަތުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް ގުޅާލާފައެވެ.




