ތިނަދޫ ސިޓީ ފައިތުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ފައިތުގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު، މިއަދު 15:50 ހާއިރު ތިނަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ފަޔަރ ފައިޓަރުންގެ ޓީމެއް އެ ގެއަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ގޭގައި ރޯވި އަލިފާން ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ. އަލިފާން ރޯވީ އެގޭގެ ސިޓިންގ ރޫމުގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވިނަމަވެސް، އެ ތަނުގައި ހުރި ހިފާގެންގުޅޭ ސާމާނުތަކަށް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މި ގޭގައި އުޅެނީ ފަސް ބިދޭސީންނެވެ.