ކ. މާފުށި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތުދޭ ގޮތުގައި އުޅޭ ވަކި އެޑްރެހެއް ނޭންގުމުގެ ސަބަބުން ހޯދަމުންދަނީ ށ.ފުނަދޫ ތަރަހަ ރައްޒާގު އާދަމް (32އ) އެވެ. އޭނާ ހޯދަނީ މާފުށީ ޕޮލިހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައެވެ.
އޭނާއަށް ޗިޓު ރައްދު ނުކުރެވުމުގެ ސަބަބުން އާއްމުކޮށް އަންގާ އިއުލާންކޮށްފައިވަނީ ނޮވެމްބަރ 15 ވަނަ ދުވަހު ހަވީރު 16:00އަށް މާފުށީ ކޯޓަށް ހާޟިރުވުމަށެވެ.