• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އެމްއެމްއޭއިން އެންގުމުން، ބީއެމްއެލް ރުފިޔާ ކާޑުން ބޭނުން ވަރަކަށް ޑޮލަރު މުއާމަލާތު ކުރެވޭ ގޮތް ހަދައިފި

by މުރާސިލު
ސެޕްޓެމްބަރ 9, 2024
in ޚަބަރު
0
އިންޓަނެޓް ބެންކިންއަށް މައްސަލަ ދިމާވެ ހިދުމަތްތަކަށް ބުރޫއަރައިފި

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުންއައި ޑޮލަރު ދިނުން އެއްކޮށް ހުއްޓާލަން ނިންމި ނިންމުން އަނބުރާ ގެނެސް ބޭނުން ވަރަކަށް ރުފިޔާ ކާޑުން ޑޮލަރު މުއާމަލާތު ކުރެވޭގޮތް ހަދައިފިއެވެ.

ބެންކުން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތް ކުރުމުގެ ހިދުމަތް ދިނުން އެއްކޮށް ހުއްޓާލަން ނިންމިކަން އިއުލާންކޮށްފައެވެ. އއެ ނިންމުމާ އެކު އާންމުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްސަކޮށް، ބޭރުގައި ކިޔަވާ ދަރިވަރުން އައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބީއެމްއެލްއިން މިއަދު ހެނދުނު ބުނީ، އެ ބަދަލު ގެނައީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމުން ކަމަށެވެ.

މި ކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވީ، ބޭންކަށް ވިއްކޭނީ އެ ބޭންކަށް ގަންނަން ލިބޭ ޑޮލަރު ކަމަށެވެ.

އެކަމަކު، އެ ނިންމުން އަލުން ބަދަލުކޮށް، ކުރިން ދޫކުރި އުސޫލުން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރަން ވަނީ ނިންމާފައެެވެ. ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކްގެ ރެގިއުލޭޓަރު، މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދާ އެއްގޮތަށް ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން މިއަދު ނިންމި ނިންމުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލްއިން ޑޮލަރު ލިމިޓެއް ކަނޑައެޅީ ކޮވިޑްގެ ދުވަސްވަރު ދިމާވި އިގުތިސާދީ ދަތިތަކާ ގުޅިގެން ޑޮލަރު ލިބުމުގައި ދަތިތައް ދިމާވުމުންނެވެ. އެ ލިމިޓު ކަނޑައެޅިތާ ހަތަރު އަހަރުވީއިރު ވެސް ޑޮލަރު ބޭނުން ކުރެވޭ އަަދަދު ބޮޑު ނުކުރާތީ ބޭންކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައެވެ.

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އޭޕްރިލް 25, 2026
ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©