• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސާފް ޗެމްޕިއަންޝިޕް 2023: ދިވެހި ރާއްޖެ ، ބަންގްލަދޭޝް މުހިއްމު މެޗަކަށް

by އަހުމަދު މަލްދާން ހާޝިމް
ޖޫން 25, 2023
in ކުޅިވަރު
0
ސާފް ޗެމްޕިއަންޝިޕް 2023: ދިވެހި ރާއްޖެ ، ބަންގްލަދޭޝް މުހިއްމު މެޗަކަށް

ބަނގުލަދޭޝް މެޗުގެ ކުރިން ރާއްޖޭގެ ގައުމީ ޓީމް ޕްރެކްޓިސް ކުރަނީ. ފޮޓޯ: އެފްއޭއެމް

މިހާރު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ ފުރުތަމަ މެޗްގައި ރާއްޖެ ޓީމް ބޫޓާން އަތުން އުނދަގޫ މޮޅެއް ހޯދުމައް ފަހު ދެވަނަ މެޗައް މިއަދު ކުރިމަތި ލާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. ބަންގްލަދޭޝް އިން ކުޅުނު ފުރުތަމަ މެޗް ފަހުވަގުތު ލެބްނަން ޖެހި ދެ ގޯލާއެކު ވަނީ ބަލިވެފައެވެ.

މާޒީގައި ރާއްޖެ އަދި ބަންގްލަދޭޝް ވާދަ ކުރި މެޗް ތަކައް ބަލާލާއިރު ފަހުގެ ތާރީހެއްގައި ބަންގްލަދޭޝް ރާއްޖެ މައްޗައް ކުރި ހޯދައިފާ ވަނީ ސްރީލަންކާ ގައި 2021 ވަނަ އަހަރު ކުރިޔައް ދިޔަ ފޯ ނޭޝަން މުބާރާތުގަ 1-2 އިންއެވެ. މީ 2003 ވަނަ އަހަރު ބަންގްލަދޭޝް ގައި ކުރިޔައް ދިޔަ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހަގެން ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި މެޗަށް ފަހު މޮޅުވި ފުރުތަމަ ފަހަރެވެ.

އެންމެ ފަހުން މިދެ ޓީމް ކުރިމަތި ލާފައި ވަނީ ހުސްވި އަހަރުގެ މާރިޗް މަހު ރާއްޖޭގަ ގައުމީ ދަނޑުގައި ވާދަކުރި ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗެއްގައެވެ. އެމެޗު ނިމުނީ 0-2 ގެ ނަތީޖާ އަކުން ރާއްޖެ ކުރިހޯދައިގެނެވެ.

މިމެޗައް ރާއްޖެ ކުރިމަތި ލާއިރު ރާއްޖޭގެ ޓީމްގެ ކޯޗު އިޓަލީ ވިލާތުގެ ފެރެންޗެސްކޯ މޮރިއޭރޯ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެންމެ ފަހުން މިދެ ޓީމް ވާދަކުރި މެޗް ގައި ފުރުތަމަ ގޯލް ޖެހި ހަސަން ރާއިފް(ހަންނަ) އަށް މިމެޗުގައި ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުމެވެ. ބޫޓާނާ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ހަންނަ އަށް ވަނީ މެޗުގެ ފަހު ވަގުތު ގާތްގާތުގައި ދެއްކި ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފައެވެ.

ބޫޓާން މެޗައް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު މޮރިއޭރޯ ފާހަގަ ކުރި އެއްކަމަކީ މޮޅުވިޔަސް ހިތްހަމަ ނުޖެހޭ ކަމެވެ. މެޗުގައި ދިވެހި ޓީމު ދެއްކި ކުޅުމަށް ބަލާއިރު މުބާރާތުގައި ކުރިއަށް ދާނަމަ ވިސްނަން ޖެހޭ ކަންތައްތަށް ގިނަކަމަށެވެ.

ލެބްނަން މެޗައް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކޯޗު ސްޕެއިންގެ ހަވިއޭ ކަބްރޭރީ ބުނީ މުބާރާތުގައި ކުރިއަށްދަނަމަ ރާއްޖެ އާއި ބޫޓާން ބަލިކުރުންނޫން ގޮތެއް ނެތް ކަމަށެވެ. އަދި މެޗުގައި ބަންގްލަދޭޝް ކުޅުންތެރިން ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި އޮތް ޓީމަކާ ދެކޮޅަށް ދެއްކި ކުޅުމުން ފައްސި ކަންތައްތަކެށް ފާހަގަ ކުރެވުނު ކަމަށެވެ.

ރާއްޖެ އަދި ބަންގްލަދޭޝް ވާދަ ކުރާ މެޗު ފެށުމައް ހަމަޖެހިފައި ވަނީ މިއަދު ރާއްގެ ގަޑިން މެންދުރު ފަހު 3:00 ޖަހާއިރެވެ.

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ޖެނުއަރީ 22, 2024
ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

އެފްއޭއެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށައަޅައިފި

ޖެނުއަރީ 17, 2024
އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

ޖެނުއަރީ 15, 2024
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ޖެނުއަރީ 15, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©