• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކުޑަ ދެކުދިން ބަލާ ދިއުމުން ށ.ނަރުދޫގައި ހަމަނުޖެހުން ހިނގައިފި

by އަބްދުﷲ ސަފީގު އަލީ
މެއި 25, 2024
in ޚަބަރު
0
ކުޑަ ދެކުދިން ބަލާ ދިއުމުން ށ.ނަރުދޫގައި ހަމަނުޖެހުން ހިނގައިފި

ކޯޓު އަމުރެއްގެ ދަށުން ށ.ނަރުދޫއަށް ޕޮލިހުން ގޮސް ކުޑަ ދެކުދިން ގެނައުމުން އެރަށުގައި މިއަދު ހަމަ ނުޖެހުން ހިނގައިފިއެވެ.

ށ.ނަރުދޫއިން ވާހަކަދެއްކި މީހަކު ބުނީ ވަކިވެފައިވާ ދެމަފިރިންގެ ތެރެއިން ބައްޕަ ކައިރީގައި ތިބި ދެކުދިން ހޯދުމަށް އެ ކުދިންގެ މަންމަ ކޯޓަށް ހުށައެޅި މައްސަލަ ކާމިޔާބުވެ، މަންމަ ދިޔައީ އެކުދިން ބަލައެވެ. އެ ދެކުދިން ބަލާ މަންމަ އައީ ފުލުހުންވެސް ގޮވައިގެންނެވެ. ހަމަނުޖެހުން ހިނގީ ފުލުހުން މެދުވެރިކޮށް އެ ދެކުދިން ގެންދަން އުޅުމުންނެވެ. މި މައްސަލާގެ ވީޑިއޯތަކެއް ސޯސަލް މީޑިއާގައި ދައުރުވަމުންދާއިރު، ފެންނަނީ ގިނަ އަދަދެއްގެ ފުލުހުންނާއި އެކު ދެ އަންހެނުން ނަރުދޫގެ ގެއަކަށްވަދެ ދެ ކުދިން ގެންދާ މަންޒަރެވެ. އެ ކުދިން ގެންދަން އުޅުމުން އެ ކަމާ ހުރަސް އަޅަން މަސައްކަތްކުރި މީހުން ދުރަށް ޖައްސަން މަސައްކުރި ވަގުތު ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގާ މަންޒަރުވެސް ފެނެއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެކުދިން މަންމަ ކައިރިއަށް ދާން ބޭނުން ނުވާ ކަމަށާއި ގަދަކަމުން ފުލުހުންނާއެކު ގެންދަން އުޅުމުން އެކުދިން ތިބީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. އަދި ނަފްސާނި ގޮތުންވެސް އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށާއި އެކުދިން ގެންފިޔަ ވަގުތު ދެ ފަރާތުންވެސް ކަންތައްކުރީ އެ އުމުރުގެ ކުދިން ކުރިމަތީގައި ކުރަން ނުވާވަރުގެ ކަންތައްތައް ކަމަށެވެ.

https://www.youtube.com/shorts/MzDF-WulFV4

ފުލުހުންގެ އެހީތެރިކަމާއެކު އެ ދެކުދިން ގޮވައިގެން މިހާރުވަނީ ނަރުދޫއިން ފުރާފައެވެ. މި މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކަށް ހުށައަޅާނެ ކަމަށް އެކުދިންގެ ބައްޕަ ފަރާތު އާއިލާއިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©