ޕީއެންސީ ގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ޒީނާޒް އަދުނާނު އައްޔަން ކޮށްފިއެވެ.
ޕީޕީއެމް ސެނެޓުގައިވެސް މަސައްކަތް ކުރެއްވި ޒީނާޒް ޕީއެންސީއަށް ސޮއިކުރީ މި ފަހުން ރައްޔިތުން މަޖުލީހުގެ ޕްރައިމަރީގައި ވާދަކުރުމަށެވެ. ހުޅުމާލޭފެ ދާއިރާއަކަށް ކުރިމަތިލައި، ޕިއެންސީގެ ޕްރައިމަރީން ވަނީ ނާކާމިޔާބު ވެފައެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަމާގުވެސް އަދާކުރާއްވާފައިވެއެވެ.
ޒީނާޒަކީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުންނެވެ. ޕީއެންސީގެ ސެކެޓްރީ ޖެނެރަލް ގެ މަގާމު ކުރިން އަދާކުރެއްވި އަފޫ ހާމިދު ވަނީ މި އަހަރު ބޭއްވި ރައްޔިތުންގެ މަޖުލީހުގެ ކެނދިކުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށް ރައްޔިތުންގެ މަޖުލީހަށް ހޮވިފައެވެ.