ރާއްޖޭގެ ކުށުގެ މާހައުލާ ގުޅޭ ގޮތުންނާއި ވަކިވަކި ކުށްތަކާއި ކުށްކުރާ ފަރާތްތަކާ ގުޅޭ ގޮތުން ހަދަންޖެހޭ ތަފާތު ފައިނޭންޝިއަލް އެނަލިސިސް ހެދުމާއި، އެފަދަ ކަންކަމާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުުރުމަށް އިންޓެލިޖެންސް އެނެލިސްޓެއް ގެ ވަޒީފާއަށް ހުޅުވާލައިފިއެވެ. މި ވަޒީފާގައި ކުށުގެ ތަފާސް ހިސާބު އެއްކޮށް އެ މަޢުލާމާތު ގުޅޭ އެނަލިސިސް ހެދުންވެސް ހިމެނޭ އިރު 22000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއްވެސް ވަނީ ހުަށައަޅާފައެވެ. މީގެ އިތުރުން ބޭސް ފަރުވާގެ ކަންކަން ވެސް ހިމެނެއެވެ.
މި ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި:
– ކޮމަރސް، އެކައުންޓިންގ، ފައިނޭންސް، ކޮމްޕިޔުޓަރ ސައިންސް، ފޮރެންސިކް އެކައުންޓިންގ، ސްޓެޓިސްޓިކްސް، ޑޭޓާ ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ގެ ސަނަދެއް ހާޞިލްކޮށްފައިވުން،
– މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން،
– އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،
– ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި ރެޖިސްޓްރީ ވެފައިވާ (ސިޔާސީ ޕާޓީއެއްގެ މެމްބަރެއް) ކަމުގައި ނުވުމާއި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން ވެސް ހިމެނެއެވެ.
މި ވަޒީފާއާއި ބެހޭ އިތުރު މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެ ކަމަށް، އެ ފަރާތުން މައުލޫމާތު ދެއެެވެ.
Iulaanu kohgen intelligence masahkaiy kuraane meehun hoadhumakee bodu jokeh.