ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވިތާ އެންމެ 4 ދުވަސް ތެރޭގައި މުހައްމަދު ފަހުމީ ހަސަން އެ މަގާމުން ވަކިކޮށްފިއެވެ.
މިއީ މި ސަރުކާރުން ސިޔާސީ މަގާމަކަށް އައްޔަން ކުރުމަށް ފަހު، އެ މަގާމުން ވަކިކުރި ފުރަތަމަ ފަރާތެވެ. ފަހުމީ މަގާމުން ވަކި ކުރި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ފަހުމީ އަކީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވިއިރު އަންހެން މުއައްޒަފަކަށް ޖިންސީގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި އެ ކޮމިޝަނުގެ ރައީސްކަމުން ވަކިކުރި ބޭފުޅެކެވެ. އޭގެ ފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި ފަހުމީ ހުންނެވީ މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރުކަމުގެ މަގާމުގައެވެ.