ސ.ހިތަދޫއިން މާލެއައި އަންހެނަކު އާއިލާއަށް ހަބަރުނުވެ ގެއްލިހެން ހޯދަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރިވިސްއިން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދަނީ ސ. ހިތަދޫ/ ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) އެވެ. އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 19 ވަނަ ދުވަހު ކަމަސްވެސް ޕޮލިހުން މައުލޫމާތު ދެއެެވެ.
ވިޝާމާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އޭގެ ފަހުން އާއިލާއަށް، ފޯނުން ހަބަރުވީ މިމަހު 18ގައި ކަމަށެވެ. އޭގެ ފަހުން އާއިލާއިން ހޯދާ ނުފެނިގެންފުލުހުންގެ އެހީތެރިކަމަށްވަނީ އެދިފައެވެ.
އާއިޝަތު ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅައި މައުލޫމާތު ހިއްސާކުރުން ފުލުހުން އެދެއެވެ.




