• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޗާގޯސް އައިލެންޑުގެ މިނިވަންކަމަށް ގާސިމް އިބްރާހިމް ދެކޮޅު ހަދައިފި

by އަބްދުﷲ ސަފީގު އަލީ
އޮކްޓޯބަރ 24, 2022
in ރިޕޯޓު, ޚަބަރު
0
ޗާގޯސް އައިލެންޑުގެ މިނިވަންކަމަށް ގާސިމް އިބްރާހިމް ދެކޮޅު ހަދައިފި

                  ޗާގޯސް އައިލެންޑުގެ އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންވުމަށް އދ ގައި ނަގާ ވޯޓާއި ދެކޮޅަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަޔާނެއް ނެފިއެވެ. މި ބަޔާނުގައި މައިގަނޑު ގޮތެއްގައި ހުރީ އދ ގައި ނަގާ ވޯޓާއި ގުޅުމެއްނެތް، ޗާގޯސް އައިލެންޑުގެ މިނިވަންކަމަށް ހުރަސް އެޅޭ ވާހަކަތަކެވެ. މި ގޮތުން ރާއްޖެއިން މީގެ ކުރިން އިނގިރޭސިންގެ ބެލުމުގެ ދަށުގައި ޗާގޯސް އައިލެންޑު ބޭއްވުމަށް ކުރަމުން އައި ތާއިދު އަނބުރާ ގެނެސް ކުރިންވެސް އެ ސަރަހައްދުގެ މީހުން ދެކެމުން އައި މޮރިޝަސް ގެ ބައެއްގެ ގޮތުގައި އޮތްއޮތުމަށް ދިވެހި ސަރުކާރުން ތާއިދު ކުރުމުން އެކަމަށްވެސް ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީގެ ދެ ދައުރެއްގައި ދިވެހިރާއްޖޭގެ ރައީސް ކަމަށް ވާދަކުރި ގާސިމް އިބްރާހިމް ފާޑުކިޔާފައެވެ.

ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއް ކަމަށް ރާއްޖޭން ގެންގުޅުނު ސްޓޭންޑް ބަދަލުކުރީ ދުނިޔޭގެ އެންމެ މަތީ ކޯޓުންނާއި ޓްރައިބިއުނަލުން ވެސް އެކަމުގައި މޮރިޝަސް އަށް ތާއީދުކުރުމުންނެވެ. މިއީ ރާއްޖޭގެ ސިޔާސީ ދާއިރާގެ ބައެއް މީހުން ދަންނަ މައުލޫމާތަކަށް ނުވިޔަސް ގާސިމް އިބްރާހިމް ކަހަލަ ބޭފުޅަކަށް މިމައުލޫމާތު ނެތުމުން ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އދ. ގައި އޮތީ ޗާގޮސްގެ އަސްލު ރަށްވެހިންނަށް، އެ މީހުންގެ ވަޒަނަށް އެނބުރި ދިއުމުގެ ހައްގުގެ މައްސަލަ އެވެ.

އިނގިރޭސި ވިލާތުން ޗާގޮސްގެ އެހެން ރަށްތަކާ އެކު މޮރިޝަސް ފްރާންސްގެ އަތްދަށުން އަތުލީ 1810 ވަނަ އަހަރު އެވެ. އެ ދުވަސްވަރު އިނގިރޭސިން ބުނަމުން އައީ އެއީ ދަނޑުވެރިކަމުގެ ބޭނުމަށް ކަމަށެވެ. އެކަމަކު އޭގެ 100 އަހަރަށް ވުރެ ވެސް ފަހުން ސޮވިއެޓް ޔުނިއަންގެ ބާރު ގަދަވުމާ އެކު އެމެރިކާ އިން އިންޑިއާ ކަނޑުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް ބޭނުންވެ އެކަމުގައި އިނގިރޭސި ވިލާތް އެއްބަސްކުރުވައިގެން ޗާގޮސްގެ ޑިއެގޯ ގާސިއާ (ފޯޅަވަހި) ކުއްޔަށް ނެގި އެވެ.

މޮރިޝަސް އަށް 1968 ވަނަ އަހަރު މިނިވަންކަން ލިބުމުން މޮރިޝަސް އާއި ޗާގޮސްގެ އެހެން ރަށްތައް ވަކިކޮށްލައި އެ ރަށްތަކުގެ ދެ ހާހެއްހާ މީހުން ގަދަބާރުން ވަޒަނުން ބޭރުކޮށްލީ އެވެ. އެ މީހުން ރަށްތަކުން ފައިބައިގެން ދިޔައިރު ގެންދަން ހުއްދަ ދިނީ ކޮންމެ މީހަކު އެންމެ ފޮއްޓެކެވެ. އަނިޔާވެރިކަމާ އެކު ވަޒަނުން ބޭރުކޮށްލި މި މީހުން އަދިވެސް ގެންދަނީ ވަޒަނަށް އެނބުރި ދިއުމުގެ ހައްގު ހޯދަން ކޯޓުތަކުގައި ދައުވާކުރަމުންނެވެ.

އިނގިރޭސި ވިލާތުން 2010 ވަނަ އަހަރު ވަނީ ޗާގޮސްގެ ބޮޑު ސަރަހައްދެއް، ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މަސްވެރިކަން ރަނގަޅު މި ސަރަހައްދު މިގޮތަށް ކަނޑައެޅުމަކީ ޓޫރިޒަމަށް ބަރޯސާވާ މޮރިޝަސް އަށް އިގްތިސާދީ ގޮތުން ލިބެން އޮތް ފައިދާއަކަށް ވެސް އެޅުނު ހުރަހަކަށްވި އެވެ.

އިމުގެ މައްސަލަ ޖެހިފައިވާ ސަރަހައްދަށް މި އަހަރުގެ ކުރީކޮޅު މޮރިޝަސް އިން ވަނީ ފުރަތަމަ ފަހަރަށް ސާވޭ ޓީމެއް ފޮނުވައިފަ އެވެ. ޗާގޮސް މީހުން ވެސް ހިމެނޭ މި ޓީމުގެ މި ދަތުރު ވެފައި ވަނީ އިނގިރޭސި ވިިލާތުގެ ހަތިޔާރު އެޅި ސިފައިންނާ ނުލައި ޗާގޮސް މީހުންނަށް އެ މީހުންގެ އަމިއްލަ ވަޒަނަށް ކުރެވުނު ފުރަތަމަ ދަތުރަށެވެ. މި ދަތުރަށް އެންމެ ކުރު ދަތުރެއް ކުރެވޭނީ ދިވެހިރާއްޖޭން ކަމަށް ވިޔަސް މޮރިޝަސް އިން ދިވެހިރާއްޖެއިން ޗާގޯސްގެ މިނިވަންކަމާ ދެކޮޅު ހަދާތީ މި ދަތުރު ފެށީ އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ސޭޝެލްސް އިންނެވެ.

            މި މައްސަލަ މިހާ ސާފުކޮށް އޮތްއިރު، ރާއްޖެއިން ވޯޓު ލަނީ ސަރަހައްދީ އިމުގެ މައްސަލާގައި ނޫން ކަމަށް ތަކުރާރުކޮށް ބަންޑާރަނައިބު ވިދާޅުވަމުން ދަނިކޮށް، އެ ހުރިހާ މައުލޫމާތު ތަކަށް ގޮން ޖަހާފައި ގާސިމް އިބްރާހިމް ކަހަލަ ސިޔާސީ ވަރުގަދަ މީހަކު ނެރެން ނުޖެހޭ ދައްކަން ނުޖެހޭ ބަޔާނަކުން ގިނަ ބައެއްގެ ފާޑުކިޔުން މިހާރުވަނީ އަމާޒުވެފައެވެ. މި ސަރުކާރުގެ ސިޔާސީ ބައިވެރިއެއްގެ ގޮތުގައި އަދި ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ވަޒީރުންނާއި އެކި ފެންވަރުގެ ބޭފުޅުން ތިއްބެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގުޅުން ރަނގަޅު ބޭފުޅެއްގެ ގޮތުގައި ގާސިމް އިބްރާހިމް ފެންނަ އިރު، ރައީސް ހޫނު ފެނަށް ވައްޓާލަން ނެރުނު ބަޔާނުގެ މަގުސަދު ސާފެއް ނުވެއެވެ. އަނބިކަނބަލުން ވަޒީރުކަމުގައި ހުންނެވި އިރު ’އެސްއެމްއެސް’އަކުން ވެސް މި މައުލޫމާތު ސީދާ ރައީސް އަރިހުން ސާފުވާން އޮތް ލެވެލްގެ ބޭފުޅަކު، މީހަކު ދޭހާ ބަޔާނެއް ނެރުމުން ތިމާގެ މައުލޫމާތުގެ ކުށްކަމެއް ނުވަތަ ވެރިކަން ވައްޓާލަން އަނެއްކާވެސް ފެންބޮވައިގަނެފަ ހުރިވަރެއް ސާފެއް ނޫނެވެ. ސާފުވާ ކަމަކީ އެއްވެސް އިރެއްގައި އެއްވެސް ވެރިކަމަކަށް ގާސިމް އިބްރާހިމް ހިތްހެވެއްނޫން ކަމެވެ. އެހެންނޫން ނަމަ ބަޔަކު އަމިއްލަ ވަޒަނަށް ގޮސް، މިނިވަން ތަނެއްގެ ގޮތުގައި އޮންނަން ނަގާ ވޯޓެއްގެ މައުލޫ އޮޅުވާލައިގެން ރައްޔިތުންނަށް ނުބައި މައުލޫމާތު ފަތުރާކަށް މަސައްކަތެއް ނުކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އޭޕްރިލް 25, 2026
ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©