• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މުޒާހަރާކުރާ ދޯނި ފަހަރުން މަސް ގަތުން ހުއްޓާލަނީ!

by މުރާސިލު
ޖޫން 24, 2024
in ޚަބަރު
0
މުޒާހަރާކުރާ ދޯނި ފަހަރުން މަސް ގަތުން ހުއްޓާލަނީ!

މަސްވެރިންނަށް މިފްކޯއިން ނުދީ ހުރި ފައިސާ ހޯދުމަށް އައްޑޫ މަސްވެރިން ކުރަމުން އަންނަ މުޒާހަރާގެ ބައިވެރިންނަށް މިފްކޯއިން އިންޒާރު ދީފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި ކުރަމުންދާ މުޒާހަރާތަކުގައި ތަކެއްޗަށް ގެއްލުންދީ، މުވައްޒަފުންގެ މަސައްކަތައް ހުރަސް އަޅަމުންދާ ކަމަށެވެ. އޭއެފްސީގައި ބައެއް ދޯނިފަހަރުތަކުން ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައި ހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން އަމަލުތައް ބަހައްޓަމުން ގެންދާ ކަމަށްވެސް މިފްކޯއިން ތުހުމަތު ކުރެއެވެ.

މިފްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މައްސަލަ ހައްލު ކުރަން އެ ކުންފުންޏާއި ކަމާ ގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުންދާއިރު، މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި އިންޖީނުގެއަށާއި މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދު ފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭ ފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާ ކަމަށެވެ.

މި އަަމަލުތައް ކުށްވެރިކޮށް މިފްކޯގެ ބަޔާނުގައި ބުނެފައިވަނީ، އޭއެފްސީގައި މިހާރު ހިންގަމުންދާ އިހުތިޖާޖުތަކާ ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓިފައިވާތީ، ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާ ކަމަށެވެ. އެހެންކަމުން، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ތަނުން ބުންޏެވެ.

މިފްކޯއިން ބުނި ގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ހަލާސްކޮށް، މި އަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

މިފްކޯއަށް މަސް ގަންނަނީ ކިލޯއަކަށް 8ރ.ގެ ގެއްލުމެއްގައިކަމުން، މަސްދޯނިފަހަރުން މިފްކޯއަށް ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެން ކަަމަށް ބަޔާނުގައިވެ އެވެ.

އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާ އެކީ މަސައްކަތްކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއް ކަމަށާއި މިކަމާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިފްކޯގެ މި ތުހުމަތަށް މަސްވެރިން އިންކާރު ކުރެއެވެ. މަސްވެރިން ބުނަނީ މިފްކޯއިން ބޭނުންވަނީ އެތަނުގައި ބިރުވެރި މާހައުލެއް އުފައްދާ، ސަލާމަތީ ބާރުތައް ބޭނުންކޮށްގެން މަސްވެރިންނަށް އަދަބު ދިނުމަށެވެ. ކަރަންޓު ކަނޑާލުމާިއ ހިދުމަތްތަކަށް ދަތި ކުރަނީ މަސްވެރިންނޫން ކަމަށާއި މިފްކޯގެ މުއައްޒަފުން މަސައްކަތް ހުއްޓާލައިގެން ތިބެނީ މުޒާހަރާކުރާ މަސްވެރިންގެ ބޮލުގައި ބަދުނާމު އަޅުވަން ކަމަށްވެސް އައްޑޫ މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©