• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ރައްޔިތުންގެ މަޖުލީހުގެ ރައީސް ކަމަށް ނާޒިމު، ނައިބު ރައީސް ސައުދާ!

by މުރާސިލް ޓީމް
އޭޕްރިލް 24, 2024
in ޚަބަރު
0
ރައްޔިތުންގެ މަޖުލީހުގެ ރައީސް ކަމަށް ނާޒިމު، ނައިބު ރައީސް ސައުދާ!

ރައްޔިތުންގެ މަޖުލީހުގެ އައު ރައީސް އަދި ނައިބް ރައީސް ކަމަށް ޕީއެންސީން ގެންނަން ބޭނުންވާ ބޭފުޅުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމު އަދި ނައިބް ރައީސް ނިލަންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ސައުދާއަށް ތާއިދުބޮޑު ކަމަށް އެ ޕާޓީގެ އޮފިޝަލަކު ހާމަކޮށްފިއެވެ. މުރާސިލަށް ވާހަކަ ދައްކަމުން ޕީއެންސީގެ އޮފިޝަލު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަކި ގޮތެއް ނިންމަވާފައިނުވާއިރު ބޮޑަށް ލަފާ ކުރެވެނީ އެކަން ދޫކޮށްލާނީ މަޖުލީހަށް ހޮވިފައވާ މެމްބަރުންގެ އަތްމައްޗަށެވެ. މީގެ އިތުރުން ޕާލިމެންޓްރީގެ ގުރޫޕުގެ ލީޑަރަކަށް ރެޑްވޭވް ސަލީމް އަދި ޑެޕއުޓީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ސުޖާއަށް ވާހަކަ ދެެކެވެމުންދާ ކަމަށްވެއެވެ. އޭދަފުށި ދާއިރާގެ މެމްބަރު ރެޑްވޭވް ސަލީމަކީ މި ވަގުރު ރައްޔިތުންގެ މަޖުލީހުގެ އެންމެ ދުވަސްވީ އެއް މެމްބަރެވެ. އަދި ޕީއެންސީ، ޕީޕީއެމްގެ އެންމެ ސީނިއަރ މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ.

ރައްޔިތުންގެ މަޖުލީހުގެ ރައީސް ކަމަށް ގެންނަން މަޝްވަރާ ކުރަމުންދާ ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމަކީ މީގެ ކުރިންވެސް އެ ދާއިރާގެ ގޮނޑި ފުރުއްވައި ރައްޔިތުންގެ މަޖުލީހުގެ ނައިބް ރައިސްކަން ކުރެއްވި ބޭފުޅެކެވެ. މީގެ ކުރިން ރައީސް ޔާމީން ގެ އަރިހުގައި މަސައްކަތް ކުރެއްވުމަށް ފަހު ދެ ބޭފުޅުން މައްސަލަ ޖެހުނީ ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅުގައެވެ. ހިޔާނާތާއި ވައްކަމުގެ ކުށް ސާބިތުވެ ޖަލުގެ ހުކުމެއްގައި ހޭދަކުރުމަށް ފަހު ނާޒިމް މިނިވަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. ސިޔާސީ ދާއިރާއާއި ދުރުގައި ވޭތުވެދިޔަ ދުވަސްތކުގައި އުޅެފައި، އަލުން ސިޔާސީ ދާއިރާއިން ފެންނަން ފެށީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ދެވަނަ ބުރުން ފެށިގެންނެވެ. ނާޒިމުގެ ސަޕޯޓަރުން އަންނަނީ ރައްޔިތުންގެ މަޖުލީހުގެ ރައީސް ކަމުގެ މަގާމަށް ނާޒިމު ގެނައުމަށް ސޯސަލް މީޑިއާގައި ކެމްޕޭނު ވެސް ކުރަމުންނެވެ.

ރައްޔިތުންގެ މަޖުލީހުގެ ނިލަންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ފާތުމަތު ސައުދާއަކީ ރައީސް ޑރ.މުއިއްޒުގެ އެއްބަނޑު ކޮއްކޮއެވެ. މި ފަހަރުގެ އިންތިހާބުގައި ޕިއެންސީ އަދި ސަރުކާރުން އެންމެ އިސްކަންދިން ގޮނޑިއަކީވެސް ނިލަންދޫ ދާއިރާގެ ގޮނޑިއެވެ. އެއްވެސް ސިޔާސީ ޕާޓީއަކުން ވާދަނުކުރާ އަދި ޕީއެންސީ ޕީޕީއެމް ތާއިދު ބޮޑު އެ ދާއިރާއަށް ގިނަ އަދަދެއްގެ ވައުދުވިއެވެ. ހާއްސަކޮށް އެ ރަށުގައި އެއަރޕޯޓިު އެޅުމުގެ ވައުދާއި ގޯތި ދޫކުރުން ފަދަ ކަންކަމަކީ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ކަންކަމަކެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©