• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ގައްދޫ ކައުންސިލަކީ ރައީސް މުއިއްޒަށް ރައްކާތެރި ތަނެއް ނޫން ކަމަށް ބުނެ، މެހެމާނުން ސޮއިކުރާ ފޮތުގައި ރައީސް ސޮއިވެސް ނުކުރި

by މުރާސިލު
ފެބްރުއަރީ 24, 2024
in ޚަބަރު
0
ގައްދޫ ކައުންސިލަކީ ރައީސް މުއިއްޒަށް ރައްކާތެރި ތަނެއް ނޫން ކަމަށް ބުނެ، މެހެމާނުން ސޮއިކުރާ ފޮތުގައި ރައީސް ސޮއިވެސް ނުކުރި

ރައީސް ޑރ.މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ގދ.ގައްދޫއަް ވަޑައިގެން އެ ރަށު ކައުންސިލު އިދާރާގައި ބައްދަލުވުން ބޭއްވުމަށް ދެކޮޅު ހައްދަވައިފިއެވެ.

ގައްދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، ރައީސް ޑރ.މުއިއްޒު ވިދާޅުވީ ގައްދޫ ކައުންސިލަކީ އެ ބޭފުޅުންނަށް ރައްކާތެރި ތަނެއް ނޫން ކަމަށެވެ. އެހެން ވިދާޅުވެ ކައުންސިލު މެމްބަރުންނާއި އަދި އެނޫންވެސް ފަރާތްތަކާއި ކައުންސިލު އިމާރާތުގައި ބައްދަލުވުން ބޭއްވުމަށް ދެކޮޅު ހައްދަވައި އެ ބައްދަލުވުން ވަނީ އެހެން ތަނަކަށް އަމިއްލަފުޅަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން ގދ.ގައްދޫއަށް ޒިޔާރަތްކުރާ އިއްޒަތްތެރިންނާއި މެހެމާނުން ސޮއިކުރާ ފޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސޮއިވެސް ނުކުރެއްވިއެވެ. ރައީސްގެ ބަސްކޮޅެއް ލިޔެދެއްވުމާއި މެހެމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރަން ދެންނެވެމުން އެކަން ކުރަންވެސް ދެކޮޅު ހެއްދެވިއެވެ.

މި ހުރިހާ ކަމެއް ކުރައްވާފައިވަ ގައްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ ގައްދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށާއި ގައްދޫ ކައުންސިލުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ. މި ކަމާއި ގުޅިގެން ގައްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައްދޫ ކައުންސިލުގެ ނައިބް ރައީސް ހަދީޖާ އަހުމަދު ޗުއްޓީގައި ހުންނަވަނިކޮށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީގެ ސީއީއޯ މަރިޔަމް ޒުލްފާ ފޯނުން ގުޅުއްވައި ރައީސްގެ ޖަލްސާގައި ބައިވެރިވުމަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ.

ގައްދޫ ކައުންސިލަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފާޑު ވިދާޅުވުމުން އެކަމަށް ރައްދުދީ ބުނެފައިވަނީ ”މި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް އަޅުދާސްވެ ގުލާނެއް ނުކުރާނެއެވެ. އެހެން ނަމަވެސް ގައްދުއަށާއި ރައްޔިތުންނަށް ސަރުކާރުން ކޮއްދެއްވަން ބޭނުންފުޅުވާ ހުރިހާ ކަމަކަށް އެންމެ ފުރިހަމަ އެއްބާރުލުން ދިނުމުގައި ކައުންސިލު އަބަދުވެސް ދެމިއޮންނާނެއެވެ. ގައްދޫ ރައްޔިތުން ބޭނުންވާ ކަންކަމާއި ގައްދޫގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ބޭނުންވާ އެހެންވެސް ކަންކަން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ވުމުގެ ކުރިންނާއި އޭގެ ފަހުންވެސް ތަފްސީލުކޮށް ދެންނެވިފައިވާނެއެވެ. އަނެއް އިންތިހާބު ބޯމަތިވުމުން ރައްޔިތުންގެ ފަރާތުން އެކަންކަން ތަކުރާރު ކުރުވަން އެންގުމަކީ އަޅުދާސް ކުރުވުމެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވެ ހަތަރުމަސް ނުވަނީސް ހަނދުމަފުޅު ނެތުމަކީ މިކައުންސިލުގެ ކުށެއްނޫނެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ސީދާކޮށް ތާއިދެއް ނެތުމަކީ މި ކައުންސިލުގެ ކުށެއް ނޫންކަމުގައި ދަންނަވަމެވެ. އެއީ ގައްދޫގެ ތަރައްގީއާއި ކުރިމަގަށް ހުރަސްއެޅެންޖެހޭ ކަމެއް ކަމަށްވެސް މި ކައުންސިލުން ނުދެކެމެވެ.

ގައްދޫ ކައުންސިލުގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ”ސިޔާސީ ވަކި މަންފާއެއް ހާސިލުކުރުމަށްޓަކައި ހަގީގަތާއި ހިލާފަށް، ރައީސުލްޖުމްހޫރިއްޔާ، މި ކައުންސިލު ބަދުނާމުކޮށް ދައްކަވާފައިވާ ވާހަކަތައް ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި ކައުންސިލާއި ގައްދޫ ރައްޔިތުން ބަލިކަށި ކޮށްލުމަށްޓަކައި، ލޯކަލް ގަވަރުމަންޓު އޮތޯރިޓީ މެދުވެރިކޮށް ބިރުދައްކަވަމުން ތިޔަ ގެންދަވާ ހުރިހާ ކަމެއް ހުއްޓާލެވުމަށްވެސް ދަންނަވަމެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©