ނައިބް ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނައިބް ރައީސް ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ހުމުގެ އާލަސްކަންފުޅު ބޮޑުވުމުގެ ސަބަބުންނެވެ.
ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. މަބްރޫކް ވިދާޅުވީ ނައިބް ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެމަނިކުފާނު ކޮވިޑަށް ކުރެއްވި ޓެސްޓް ނެގެޓިވްވެފައިވާ ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ނާއިބު ރައީސް ޖެއްސެވީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.
ނައިބް ރައީސް ފައިސަލް ނަސީމް އެޑްމިޓްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.