ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލް ގައްޔޫމު އެ ޕާޓީ ދޫކޮށްލާ، ޕާޓީން އަމިއްލައަށް ވަކިވުމަށް ނިންމުމުން ޕީޕީއެމް ޕީއެންސީގެ އިސްވެރިން އުފާ ފާޅުކުރަން ފަށައިފިއެވެ. މި ގޮތުން ސޯސަލް މީޑިއާގައި ނުސީދާކޮށް ޔާމީނަށް ބަހުގެ ހަމަލާދީ މި ލިބުނީ ރަނގަޅެއް ކަމަށް ދޭހަވާ މޭރުމަކުން ޝުއޫރު ފާޅުކުރަން ވަނީ ފަށާފައެވެ. ރައީސް ޔާމީނުގެ ވެރިކަމުން ފެށީގެން ދާދި ފަހަކާ ޖެހެންދެން ޔާމީނުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި މިހާރުގެ ހެލުތު މިނިސްޓަރު ގެ ޝުއޫރަކީ ’އަލްހަމްދު ލިﷲ‘ އެވެ. ހަލީލުގެ މި ޕޯސްޓަށް ހަމަ އެގޮތަށް ކޮމެންޓުކޮށްފައިވާ މި ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ލުބުނާ ޒާހިރުއާއި ޕީޕީއެމް ޕީއެންސީ ސެނެޓުގެ ބައެއް މެމްބަރުން ހިމެނެއެވެ.
މީގެ އިތުރުން ކުރީގެ ބަންޑާރަނައިބު އަދި މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތލާފައިވާ އާޒިމާ ޝުކޫރުވެސް ވަނީ މަލީހަށް ފާޑުކިޔައި ޔާމީނުގެ އަމަލުތަކަށް ނުސީދާކޮށް ރައްދު ދީފައެވެ. ޔާމީން ގެ ވެރިކަމުގައި އެންމެ އަރިހުގައި މަސައްކަތްކުރި އާޒިމާވެސްވަނީ ޔާމީންއާއި ފެއަށް ޖެހި މުއިއްޒު ފަޅިި ހިޔާރުކޮށްފައެވެ.
ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލާފައި އެހެން ޕާޓީއެއް ހެދުމުގެ މަސައްކަތް ފެށުނުކަން އިއުލާން ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އިސްވެރިންނާއި ކުރިން ރައީސް ޔާމީނުގެ އަރިހުގައި ގާތްކޮށް އުޅުނު ފަރާތްތަކުން ރައީސް މުއިއްޒަށް ތައުރީފުކޮށް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔަންވަނީ ފަށާފައެވެ. ނަމަވެސް ޕީޕީއެމް އާއްމުން މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުން ބޭނުންވަނީ ޔާމީން ނިންމާ ކޮންމެ ނިންމުމުކަށް ތާއިދު ކުރުމަށެވެ.