• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އުޅޭތަނެއް ނޭނގިގެން ހޯދުމަށް އިންޓަރޕޯލް އިން ރެޑް ނޯޓިސް ނެރުނު މީހަކަށް ސިޔާސީ ވަޒީފާ ދެވުނީ އޮޅުމަކުން

by މުރާސިލު
މެއި 23, 2024
in ޚަބަރު
0
އުޅޭތަނެއް ނޭނގިގެން ހޯދުމަށް އިންޓަރޕޯލް އިން ރެޑް ނޯޓިސް ނެރުނު މީހަކަށް ސިޔާސީ ވަޒީފާ ދެވުނީ އޮޅުމަކުން

އުޅޭވަކިތަނެއް ނޭނގިގެން މީގެ ކުރިން ހޯދުމަށް އިންޓަރ ޕޯލް އިން ރެޑް ނޯޓިސް ނެރުނު ހުސައިން ޝިފާއުއަށް ސަރުކާރުން މަތީ ވަޒީފާއެއް ދެވުނީ އޮޅުމަކުންކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

 ހުސައިން ޝިފާޢު އަކީ ސައްޙަނޫން ޓެލެގްރަފިކް ޓްރާންސްފަރ ( ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދިކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ.

ހުސައިން ޝިފާޢު އަށް ސަރުކާރުންދީފައިވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމެވެ. މިއީ 24،550 ރުފިޔާ ލިބޭ ވަޒިފާއެކެވެ.

އާންމު އުސޫލެއްގެ ގޮތުން ސިޔާސީ މަޤާމްތަކަށް އައްޔަންކުރާ މީހުންގެ ބެކްރައުންޑް ރައިސް އޮފީހުން ބަލާ ސާފުކުރެއެވެ. ޝިފާޢުއަކީ ތުހުމަތު ކުރެވޭ މައްސަލައެއްގައި ދަޢުވާ ކޮށްފައިވަނިކޮށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުން އޭނާ ހޯދުމަށް އިންޓަރޕޯލްއިން ރެޑް ނޯޓިސްވެސް ނެރުނު މީހެކެވެ.

ފުލުހުން 2023 ވަނަ އަހަރު ޝިފާޢު ހައްޔަރުކުރީ އިތުރު މީހަކާއިއެކު “ ކިންގްޑަމް އޮފް ފުރުޓްސް“ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ ސައްޙަނޫން ލިޔުންތަކެއް އުފައްދައި ހުށައެޅި މައްސަލައިގައެވެ.

ޕީޖީ އޮފީހުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު ޝިފާޢުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ އެއްވެސް ދަޢުވާއެއް އަނބުރާ ގެންގޮސްފައެއް ނުވެއެވެ.އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއްވެސް މިހާތަނަކަށް ބާއްވާފައެއްނުވެއެވެ.

ޝިފާއުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް އޮތްކަން ނޭނގޭ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދޭއިރު އޭނާގެ މައްޗަށް ދައުލަތުން 23 ދަޢުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސައްހަނޫން ލިޔުމެއް ދިނުމުގެ ނުވަ ދަޢުވާއަކާއި މަކަރާއި ހީލަތްހެދުމުގެ ހަތްދައުވާއަކާއި މަނީ ލޯންޑަރިންގެ ހަތް ދަޢުވާއެކެވެ.  މިކަން ޕޮރސެކިއުޓަރ ޖެނެރަލް އޮފީހުގެ ލިޔެކިޔުންތައް ފެންނަން ހުންނާނެއެވެ. މިއީ މީޑިއާގައިވެސް ވަރަށް ހޫނުކޮށް ދެކުވުނު ވާހަކައެކެވެ. ހުސެއިން ޝިފާއުގެ ދަންނަ ބައެއް މީހުން ސޯސަލް މީޑިއާގައި ބުނެފައިވަނީ އޭނާއަށް ވަޒީފާ ދީފައި ވަނީ މަޖުލިސް އިންތިހާބުގެ މައްޗަންގޮޅި ގޮނޑި ހޯދުމަށް ވާދަކުރި ފަރާތުގެ ނުފޫޒުންކަމަށެވެ. ޝިފާއުގެ އާއިލާއަކީ ވަރަށް ބޮޑު އާއިލާއަކަށްވެފައި ފުޅާދާއިރާގައު ތަފާތު ވުޔަފާރިކުރާތީވެ، ވޯޓަށް ދިން މަގާމެއް ކަމަށްވެސް ތުހުމަތު ކުރެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހުސައިން ޝިފާއުއަށް ވަޒީފާދިންތާ 3 މަސް ވެދާނެ ކަމަށާއި ނަމަވެސް އޮފީހަށް ނުނިކުންނަ ކަމަށެވެ.

ހުސެއިން ޝިފާއުގެ ކުރިންވެސް މިފަދަ ތުހުމަތުތަކާއި ކުށުގެ ރެކޯޑުތައް އޮވެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025
އިމާމުންނަށް ހާއްސަކޮށް ޕީއެޗްޑީ ހެދުމުގެ ފުރުސަތު ހުޅުވާލަނީ

މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“

އޭޕްރިލް 30, 2025
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި

އޭޕްރިލް 30, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
  • އާރުޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©