• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ރައީސް ޑރ.މުއިއްޒުގެ ޖަލްސާގައި، ގައްދޫ ކައުންސިލުގެ ރައީސް ވަކިގޮތަކަށް ވާހަކަ ދެއްކުމަށް މަޖުބޫރުކުރި! -ގައްދޫ ކައުންސިލު

by މުރާސިލް ޓީމް
ފެބްރުއަރީ 23, 2024
in ޚަބަރު
0
ރައީސް ޑރ.މުއިއްޒުގެ ޖަލްސާގައި، ގައްދޫ ކައުންސިލުގެ ރައީސް ވަކިގޮތަކަށް ވާހަކަ ދެއްކުމަށް މަޖުބޫރުކުރި! -ގައްދޫ ކައުންސިލު

ރައީސް ޑރ.މުއިއްޒު ދެކުނުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ގދ.ގައްދުއަށް ވަޑައިގަތުމުން އެރަށު ކައުންސިލުން ކަންތައްކުރެއްވި ގޮތުން ހިތްހަމަ ނުޖެހން ފާޅުކޮށް، ގައްދޫ ކައުންސިލަށް ފާޑުވިދާޅުވުމުން، ކައުންސިލުންވެސް އެކަމުގެ ރައްދުގައި ބަޔާނެއް ނެރެފިއެވެ. އެ ބަޔާނުގައި ބުނެފައިވަނީ ގައްދޫއަށް ރައީސް ޑރ.މުއިއްޒު ވަޑައިގަންނަވާ ކަމުގެ މައުލޫމާތު ލިބުމުން ދައުލަތުގެ އެންމެ މަތީވެރިއަކަށް ދޭން ޖެހޭ މެހެމާންދާރީ ދިނުމުގެ ކަންކަން ކަމާ ބެހޭ މުއައްސަސަތަކާއި ގުޅިގެން ކުރިއަށް ގެންދެވުނު ކަމަށާއި، ގައްދޫ ކައުންސިލަށް ކުރެވޭނެ އެންމެ ރަނގަޅަށް އެކަން އިންތިޒާމުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ބައެއް ކުންފުނިތަކާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުލިބުނުކަމަށް ހިތާމައާއި އެކު ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރައީސް ޑރ.މުއިއްޒު ގައްދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދެއްކުވުމަށް ހަމަޖެހިފައިވާ ހަފްލާގައި ކައުންސިލު ރައީސްވެސް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވިޔަސް ފަހުވަގުތު އެޖެންޑާ ބަދަލު ކުރީ ކައުންސިލުގެ ރައީސް ހާޟިރުނުވުމުން ކަމަށް ރައީސް މުއިއްޒުގެ ވިދާޅުވީދތީ އެކަމަށްވެސް ކައުންސިލުން ވަނީ ޖަވާބުދީފައެވެ. ކައުންސިލުން ބުނެފައިވަނީ އެކަން ކުރުމަށް އެންމެ ބޮޑު ހުރަހެއް އެޅުނީ މިނިސްޓަރުންގެ ޕްރެޝަރާއި ހެދި ކަމަށެވެ. އެގޮތުން ދައުލަތުގެ ބައެއް މިނިސްޓަރުން ބޭނުންވީ ކައުންސިލު ރައީސްގެ ވާހަކަ ވަކި ގޮތަކަށް ހުރުން ކަމަށާއި އެގޮތަށް އެކަމެއް ނުކުރެވޭނެކަން ކައުންސިލުން ދެކޭ ކަމަށެވެ. މިކަމަކީ ރައީސްގެ ގައްދޫ ދަތުރުފުޅާއި ވެސް ހިލާފު ކަމެއް ކަމަށާއި، ދައުލަތުގެ މުދަލާއި ފައިސާ އިސްރާފުކޮށްގެން ސިޔާސީ ކަންތައްތަކެއް ހިންގުމަށް ހީލަތްތެރި ރޭވުމެއްގެ ތެރެއަށް ދަތުރު ބަދަލުކޮށްފައިވާ ކަމަށްވެސް ކައުންސިލުގެ ބަޔާނުގައިވެއެވެ.

ކައުންސިލު ރައީސްގެ ހިތާބަށް ހުރަސްއަޅައި ވަކި ގޮތަކަށް ވާހަކަދައްކަން މަޖުބޫރުކުރުވީ އެޑިޔުކޭޝަން މިނިސްޓަރ ޝަފީއު ކަމަށް ބެލެވެއެވެ. އެއީ އެ ޖަލްސާ ނިމުމުންވެސް އެންމެ ބޮޑަށް ކައުންސިލަށް ފާޑުކިޔައި ހިތްހަމަ ނުޖެހުން ފާޅުކުރެއްވީ މިނިސްޓަރ ޝަފީއުއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©