ޕޕީޕީެމް ހަރަކާޔްތަކުން ސަސްޕެންޑު ކުރުމަށް ނައިބް ރައީސް އަހުމަދު ޝިޔާމު ފޮނުވި ސިޓީއަށް މަލީހު ޖަމާލު ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ. މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ ޝިޔާމުގެ ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމް ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ގޮތުން އެތައް ކަމެއް މަލީހު އިސްވެ ކުރަމުންދާ ކަމަށާއި، އަދި ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ މަސީހަށްކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ޕާޓީގެ ސުލޫކީ ކޮމެޓީއަށް މައްސަލަވަނީ ފޮނުވައި، ވަކި ގޮތަކަށް އެ މައްސަލަ ނިމެންދެން ޕީޕީއެމް ގެ ހުރިހާ ހަރަކާތަކުން މަލީހު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
މި ސިޓީއާއި ގުޅިގެން މަލީހު ސޯސަލް މީޑިއާގައި ބުނެފައިވަނީ ވަޒީފާގެ އަޅުންނަށްވެ ޕާޓީ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއިކުރާ މީހުންގެ ކުރިމަތީގައި ބޮލެއް ނުލަނބާނެ ކަމަށާއި ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާޢުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށެވެ.
ރާކަނިމަސް ހުންނާނީ ރަގަޅަށް ކެވިފަ! ދެން ދެބެން މޮޔަވޭ! މިފަހަރު ބޯތިރި ކުރަން ޖެހޭނީ ޔާމީނާއި ޖަމީލާއި މަލީހުމެންގެ ތިޔަ ބާރެއްނެތް ދެތިން ކެނައެވެ.