ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް، މއ. ނައިލޯނުގެ، ޢަލީ ޝަރީފް ޢައްޔަނުކުރައްވައިފިއެވެ.
އަލީ ޝަރީފަށް މަގާމުގެ ފަތްކޮޅު ދެއްވައިފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި މަގާމަށް އައްޔަން ކުރެއްވީ ކޮން ފެންވަރެއްގައި ކަމެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.




