• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

by އަބްދުﷲ ސަފީގު އަލީ
އޮކްޓޯބަރ 22, 2023
in ޚަބަރު
0
ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

މިއަހަރު ބޭއްވި އެފްއޭއެމް ގެ ކޮގްރެސްގެ ތެރެއިން.

މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް ރާއްޖޭގެ އެއްވަނަ ކުޅިވަރު ފުޓްބޯޅައިގެ ކަންކަން ބަލަހައްޓާ މައި އިދާރާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ފުލުހުން ވަދެއްޖެއެވެ.

ފުލުހުންގެ ފަރާތަުން މީޑިއާއަށް ފޮނުވާފައިވާ ބަޔާނުގައި ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއި ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ދަނީ ހަރަކާތްތެރިވަމުންދާ ކަމަށާއި ފުލުހުން ހިންގަމުންދާ މި ތަހުގީގަކީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެންގުމަކާ ގުޅިގެން ހިންގަމުންދާ ތަހުގީގެކެވެ.

މިކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖެއަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާ މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ އެ އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މައްދާގެ (ޅ) އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު ގެ 15 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަޙުޤީޤުކޮށްދެއްވައި، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް އެ އޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް އަމުރު ކޮށްފައިވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައިވެއެވެ.

އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުން އަންނައިރު، އެ އިދާރާ އޮތީ މާލީގޮތުން ބޮޑު އަނދަވަޅެއްގައެވެ. ރާއްޖޭގެ ޝަރުއީ ކޯޓުތަކާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާގައި ވެސް އެ އެސޯސިއޭޝަންގެ މައްސަލަތަކެއް މީގެކުރިން ވެސް އަދި މިހާރު ވެސް ކުރިއަށްދެއެވެ. އެގޮތުން ގައުމީ ޓީމުތަކަށް ގެންނަ ބޭރު ކޯޗުންނާއި ކޯޗިންގް ޓީމުގެ އެހެން މީހުންނަށް ދޭންޖެހޭ ފައިސާ ނުދީވާ މައްސަލަތައް ފީފާގައި ކުރިއަށް ގެންގޮސް އެފްއޭއެމްއާ ދެކޮޅަށް ނިންމާފައިވާއިރު، ރާއްޖޭގެ ބައެއް ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމަށްފަހު ދޭންޖެހޭ ފައިސާ ނުދީވާ މައްސަލަތައް ރާއްޖޭގެ ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވިޔަފާރިވެރިއަކު ދިން މިލިއަނެއްހާ ރުފިޔާވެސް އެފްއޭއެމްއިން ކުޅުންތެރިންނާ ހަވާލުކޮށްފައިނުވާއިރު، އެފްއޭއެމްގެ މުވައްޒަފުންނަށް ދޭންޖެހޭ މަހު މުސާރަ ނުދޭ މައްސަލަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ.

އެފްއޭއެމުގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވީ ކުރީގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ދެ ވަނަ ދައުރެވެ. ބައްސާމްގެ ދައުރު އަންނަ އަހަރު ޖުލައި މަހު ހަމަވާނެއެވެ.

އެފްއޭއެމް ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖުލީހުގެ މަހިނބަދޫދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވާދަކުރައްވާނެކަން ވަނީ އިއުލާންކޮށްފައެވެ. ޓޮމް ގެ އިތުރުން ރާއްޖޭގަ އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވާދަކުރާނެ ކަމުގެ ވާހަލަ ދެކޭވޭ އިރު ދަގަނޑޭ އެފްއޭއެމަށް ގެނައުމަށް ދަނީ ސޯސަލް މީޑިޔާގައި ކެމްޕޭނުވެސް ކުރަމުންނެވެ. މި ކަމުގައި ދަގަނޑޭގެ ވަކި ގޮތެއް ނިންމާފައިކަމަށް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޖޫން 2, 2025
ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މެއި 30, 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©