• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޝަލަބީ ގެ ވޯޓު ވެސް ރައީސް އިބޫއަށް

by މުރާސިލު
ސެޕްޓެމްބަރ 22, 2023
in ޚަބަރު
0
ޝަލަބީ ގެ ވޯޓު ވެސް ރައީސް އިބޫއަށް

މި ވަގުތު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހިމް ގެ ތާއިދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށްބުނެފިއެވެ. ޝަލަބީ މިގޮތަށް ނިންމީ ވޭތުވެދިޔަ 5 އަހަރު (ރައީސް ސޯލިހުގެ ވެރިކަމުގައި) ޝަލަބީ ފަދަ ފަންނާނަކަށް ލިބެން ޖެހޭ ފުރުސަތުތައް ހަމަހަމަކަމާއި އެކު ލިބުމާއި އަދި އެހެން ފަންނާނުންނަށްވެސް މިނިވަންކަމާއި އެކު ކުރިއަށް ދިއުމުގެ ފުރުސަތުތައް ލިބުމުން ކަމަށެވެ.

މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއިދު ނުކުރާ އަދި ކެމްޕޭނު ހަރަކާތެއްގައިވެސް ބައިވެރިނުވެ ހުރުމަށް ފަހު ޝަލަބީގެ މި ނިންމި ނިންމުމާ ބެހޭގޮތުން ބުނެފައިވަނީ މިއީ ޝަލަބީގެ އަމިއްލަ ނިންމުމެއް ކަމަށާއި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އަމިއްލަ ވިސްނުމަށް ބަލާއިރު، ވޭތުވެދިޔަ 5 އަހަރާއި އޭގެ ކުރީގެ 5 އަހަރުގައި ކަންކަން ވެފައި ހުރި ގޮތްތަކަށް ބަލާއިރު ރައީސް ސޯލިހަކީ ހިތްތިރި އޯގާތެރި ވެރިކަމެއް ކުރުމަށް އެންމެ ރަނގަޅު އެއް ބޭފުޅަކަށްވާތީ ރައީސް ސޯލިހަށް ދިން ތާއިދެއްކަމަށެެވެ.

އަޅުގަނޑުގެ ވޯޓު އިބްރާހިމް މުހައްމަދު ސޯލިހަށް!
އަަޅުގަނޑަށް އިބޫ ކަމުދަނީ އަޅުގަނޑުމެން ފަންނާނުންގެ އަޑުއައްސަވާ ވެރިއަކަށް ވާތީ!@ibusolih
24 november
2019 ނެގުނު ފޮޓޯއެއް!
✅#ibuaslam#UfaaveriAmaanRaajje#Candidate3 pic.twitter.com/At3RYaEhax

— shalabee ibrahim (@shalabeeibrahim) September 22, 2023

މޯލްޑިވިއަން އައިޑޮލް ފުރަތަމަ ސީޒަނުން އާއްމުންގެ ތެރެއަށް މަޝްހޫރުވި ޝަލަބީ އެންމެ ފާހަގަ ކުރެވެނީ، އައިޑޮލްއިން ނުކުތް ގިނަ ފަންނާނުންނާ ހިލާފަށް އެއް ފެންވަރެއްގައި، ވަކީ އުސޫލެއް ހިފަހައްޓާ ފަންނާނެއްގެ ގޮތުގައެވެ.

ލަވަކިއުމުގެ އިތުރުން ގައުމީ ފެންވަރުގެ ގުރުއާން މުބާރާތްތަކުން ވަނަ ހޯދާފައިވާ ޝަލަބީ އަކީ ގިނަ އަދަދެއްގެ އަމިއްލަ ރާގުގެ މަދަހަ ނެރެފައިވާ އަދި ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވާ މަދަހައާއި ގުރުއާން މުބާރާތްތަކުގެ ފަނޑިޔާރު ކުރަމުންދާ އެންމެ ބިޒީ ފަންނާނެވެ. މީގެ އިތުރުން ސްކޫލު ކުދިންނާއި އާއްމުންނަށް ލަވައާއި މަދަހަ ޓްރެއިނިން ވޯކްޝޮޕްތައް ހިންގައި މި ދާއިރާގައި ގިނަ ހިދުމަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ.

ޝަލަބީގެ ރީތި ލަވަތަކުގެ ސައުންޑް ކުލައުޑް ހިޓްސް އެތައް މިލިއަން ގައި އުޅޭ އިރު ސޯސަލް މީޑިއާގައި ފޮލޯ ކުރާ މީހުންގެ އަދަދު ރާއްޖޭގައި އެންމެ ގިނަ އެއް ފަންނާނަކީ ވެސް ޝަލަބީއެވެ.

ގުޅުންހުރި ލިޔުންތައް

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©