• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އޯގާތެރި ވެރިއަކާއި އެކު ކުރިއަށް ދިއުމަށް އިލްހާމް އެމްޑީޕީއަށް ސޮއިކޮށްފި

by މުރާސިލު
ސެޕްޓެމްބަރ 22, 2023
in ޚަބަރު
1
އޯގާތެރި ވެރިއަކާއި އެކު ކުރިއަށް ދިއުމަށް އިލްހާމް އެމްޑީޕީއަށް ސޮއިކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ. ރައީސް ދެއްވި ދައުވަތާއެކު އިލްހާމް އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ މާލޭ ހުވަދޫ ޖަގަހަ ކުރިމަތީ ބޭއްވި ކެމްޕޭނު ހަރަކާތެއްގައެވެ.

އިލްހާމްގެ މެމްބާރޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓު އަދި އެޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މިރޭގެ ޖަލްސާގައި އިލްހާމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވަން ނިންމެވީ އެމަނިކުފާނަކީ ކެތްތެރި ހިކުމަތްތެރި އަދި އޯގާތެރި ބޭފުޅަކަށްވާތީ ކަމަށެވެ. ކުރިން ރާއްޖެދުށް އަނިޔާވެރިކަމަށް ރާއްޖެ އަނބުރާ ގެންދަން ބޭނުންނުވާތީ ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި އިލްހާމު ވިދާޅުވީ ޑރ. މުޙައްމަދު މުއިއްޒަށް ވެރިކަން ދީފި ނަމަ، މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިބި ބައެއް މެންބަރުންނަށް އަންނަ އަހަރު މަޖިލީހަށް ވާދަ ކުރުމުގެ ފުރުސަތު ނުދޭނެ ވާހަކަ އޭނާ ގާތުގައި ޕީޕީއެމްގެ އިސް ވެރިއަކު ބުނެފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީ ދޫކޮށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމިކަން އިއުލާން ކުރެއްވުމަށް ފަހު އެމްޑީޕީ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ރޭ ވާހަކަ ދައްވަމުން އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދިފައިވާ ކަމަށެވެ.

އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ތެރެއިން މިހާރު އެކުލަވާލާފައި އޮތް ލިސްޓުގައި ބާކީ ކޮށްލަން ނިންމާފައިވާ މެންބަރުންގެ ނަންތަކާއި އަދި ޕީޕީއެމްގެ އިސް ބޭފުޅުން، އޭނާއާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގެ ތަފުސީލު ވެސް އެހެން ޖަލްސާއެއްގައި ހާމަ ކުރައްވާނެ ކަމަށެވެ.

”ވަރަށް ގާތް ރައްޓެހިން ތިބެނީ. މީގެ ދެރޭ ކުރިން ބައްދަލު ކުރިން ޕީޕީއެމްގެ އިސް ވެރިއަކާ. ވިދާޅުވީ މިވެނި ދާއިރާއަކުން، މިވެނި ދާއިރާއަކުން، ރައްޔިތުންގެ މަޖިލީސް މެންބަރުކަން ކުރާ ބޭފުޅަކަށް މުއިއްޒުގެ ވެރިކަމެއްގައި ނުލިބޭނޭ ޓިކެޓެއް. ވަރަށް ގިނަ މެންބަރުން އެބަތިބި ކުރިއަށް އޮތް ތަނުގައި އެ މެންބަރުންގެ ނަންތައް ދަންނަވަމުން ގެންދާނަން. އެއީ ރެކޯޑަށް ޓަކައި ތާރީޚަށް ޓަކައި. ނުލިބޭނެ ޓިކެޓެއް،“ އިލްހާމް ވިދާޅުވިއެވެ.

”އޭދަފުށީ ދާއިރާގެ މެންބަރު ވެސް މިއާއި ދޭތެރޭގައި ސުވާލު އުފައްދަވާ ގޮތް ނިންމެވީމަ ރަނގަޅު ވާނެ. އަޅުގަނޑު މީހެއްގެ ނަމެއް ނުދަންނަވާނަން،“

ޕީޕީއެމުން އިލްހާމާ ބައްދަލުކޮށް ދެއްކި ވާހަކަތައް ދެވަނަ ފަހަރަށް އަޑުއަހާކަށް ފަސޭހައެއް ނުވާނެކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެ ވާހަކަތަކުގައި އޮތީ ބިރުވެރިމާއި ނާމާންކަމެވެ.

”ޕީޕީއެމަށް ފަސޭހައެއް ނުވާނެ މިވާހަކަތައް އަޑުއަހާކަށް. ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ”ކިންގްސް ކޯނަރު“ގައި އަޅުގަނޑާ ބައްދަލުކޮށް ދެއްކި ވާހަކައިގައި އޮތީ ބިރުވެރިކަމާއި ނާމާންކަން. މީހުން ހިފާ ހައްޔަރުކުރުން. އަޅުގަނޑަށް އޮފާ ކުރި ބޮޑެތި މަގާމްތަކާ އެއްޗެހި. އަޅުގަނޑު ދެންނެވީ ސޮރީ އޭ،“ އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ޕީޕީއެމަށް ވެރިކަން ލިބިއްޖެ ނަމަ ކޯޓުގެ ދައުރަކަށް ވާނީ ރޭގަނޑު ދަންވަރު އަމުރު ނެރުން ކަމަށެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންނަށް އޮންނާނީ ފުރާޅުން ޓިނު ނެގުމާއި ގައިރުގާނީ އަމުރުތަކަށް ތަބާވެގެން މީހުން ހިފާ ހައްޔަރު ކުރުން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ކުރި އަނިޔާތައް ފަސް އަޅައި ފޮރުވާ ނުލެވޭނެ ކަމަށާއި އެގޮތުން 2018ގެ ޓޭޕް ރިވައިންޑް ކޮށްލުމުން އޮންނާނީ ވަރަށް މުޑުދާރުކޮށް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަން ތަހަންމަލް ކުރާންޖެހުނު މީހުންނާއި އާއިލާތަކުން ޕީޕީއެމަށް ވޮޓު ނުދޭނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ ތެރެއިން ބަޔަކަށް ހެދޭ ގޯހަކުން ޑރ. މުއިއްޒު ވެރިކަމަށް ގެނެވިއްޖެ ނަމަ، ތާރީޚު ނުދެކޭ ފަދަ ނިކަމެތިކަމެއް ގައުމަށް ލިބިގެންދާނެ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.

”ކީއްވެތޯ އެހެން ވާން ޖެހެނީ. ބޮސް. (ޔާމީން) ގެއަށް ވަޑައިގަންނަވާނެ ނޫންތޯ. ބޮސް ގެއަށް ވަޑައިގަތީމަ ދެން ކަންތައް ވާނެ ގޮތް ވިސްނާލާ. އެންމެ ނިކަމެތި ވެރިކަން ފެނިގެން ދާނީ،“ އިލްހާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޖޫން 2, 2025
ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މެއި 30, 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025

Comments 1

  1. ވ says:
    2 years ago

    އޯގާތެރިވާނީ ދެން މިހާކަންހާ ަރަށް މީހަކަން ހެހެ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©