• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޓައިޓަން ސަބްމެރިންގައި ދަތުރުކުރި އެންމެން މަރުވެއްޖެ

by މުރާސިލު
ޖޫން 22, 2023
in ޚަބަރު
0
ޓައިޓަން ސަބްމެރިންގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެޓްލާންޓިކް ކަނޑުގެ އަޑީގައިވާ މަޝްހޫރު ޓައިޓޭނިކް ބަލަން ދަތުރުކުރި ސަބްމެރިންގެ ހުރިހާ ދަތުރުވެރިން މަރުވެއްޖެ ކަމަށް، އެމެރިކާގެ ކޯސްޓުގާޑާއި، ސަބްމެރިން އޮޕަރޭޓްކުރާ ކުންފުނި އޯޝަން ގޭޓުން ޔަގީންކޮށްދީފިއެވެ. ދާދި ދެންމެ އަކު ދެފަރާތުން މީޑިއާއަށް ދިން ބަޔާނެއް ގައި ބުނެފައިވަނީ ޓައިޓޭނިކް ބަލަން ދަތުރުކުރި ސަބްމެރިން ޓައިޓަން ގެ ހުރިހާ ދަތުރުވެރިން މަރުވެ ނުވަތަ ގެއްލިފައިވާ ކަމަށެވެ. މި ގޮތަށް ނިންމަން ޖެހުނީ މިއަދު ފެނުނު އެ ސަބްމެރިންގެ ބައެއް ބައިތައް ހޯދުމަށް ފަހުގައެވެ.

ލޭންޑިން ފްރޭމާއި، އަރިމަތީ ކަވަރު ފެނުނީ މިއަދު ގެ ވަގުތެއްގައި ރެސްކިއު އޮޕަރޭޝަންތަކާއި ކަނޑުގެ ވަރަށް އަޑިއަށް ފީނުމުގެ ގާބިލުކަން ލިބިފައިވާ ކުޑަ ސަބްމާސިބަލް އެއް ބޭނުންކޮށްގެން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނުގައެވެ. މީގެ ކުރިން ބެލެވުނު ގޮތުގައި ސަބްމެރިންގެ އޮކްސިޖަން ހުސްވެގެން ނޫނީ ފަޅުވެރިން ގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ކުޑަަކަމަށް ވިޔަސް މިއަދު ފެނުނު ސާމާނުން އެމީހުން ދިރިތިއްބާ ފެންނާނެ ކަމުގެ ހުރިހާ އުއްމިދެއްވަނީ ގެއްލިފައެެވެ. ބެލެވޭ ގޮތުގައި ކަނޑުއަޑީގެ ކޮންމެވެސް ހާދިސާއެއްގައި ސަބްމެރިންގެ ބައިތަކަށް ގެއްލުންވެ، ސަބްމެރިން ’ގޮވީ‘ އެވެ.

އެމެރިކާގެ ކޯސްޓުގާޑުގެ ފަރާތުން ވާހަކަ ދައްކަވަމުން ރެއަރ އެޑްމިރަލް ޖޯން މައުގަރ ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ވަގުތެއް ކަމަށާއި އެމެރިކާގެ ކޯސްޓުގާޑުން މި ހިތާމަވެރި ހަބަރު ވަގުތުން އާއިލާ ތަކާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އާއިލާގެ ހިތާމާއިގަ ބައިވެރިވެ ސަބްމެރިންގެ އެހެން ބައިތައް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

ސަބްމެރިން އޮޕަރޭޓް ކުރާ ކުންފުނި އޯޝަން ގޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަބްމެރިން ގެއްލުނު ހިތާމަވެރި ހާދިސާގައި އެ ކުންފުނީގެ ސީއީއޯ ސްޓޮކްޓަން ރަޝް އާއި ޝަހްޒާދާ ދާއޫދު އަދި އޭނާގެ ފިރިހެން ދަރި ސުލެއިމާން ދާއޫދު، ހަމެޝް ހާޑިންގ އަދި ޕޯލް ހެންރީ ނާރގެލޮޓް ވަނީ ކަނޑަށް ގެއްލިފައެވެ. އެހެން ކަމުން އެމީހުން ދިރިހުއްޓާ ފެންނާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ. އެމީހުންނަކީ ކަނޑު އަޑީގެ ތަޖުރިބާ ތައް ދެކެލުމަށް ހަމައެކަނި ދަތުރުކުރި ބައެއްނޫން ކަމަށާއި ކަނޑުތަކުގެ ހިމާޔަތަށް މަސައްކަތް ކުރި ފަހުލަވާނުން ފަދަ ބައެއް ކަމަށެވެ. މި ކުންފުންޏަށާއި ކަނޑުއަޑިއަށް ގެއްލި މަރުވެފައިވާ 5 މީހުންގެ އާއިލާ އަށް ދިމާވި މި ހިތްދަތި ވަގުތުގައި އެންމެންގެ ފަރާތުން އެމީހުންގެ އިހުސާސް ތަކަށް އިހުތިރާމަށް އެދޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©