• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޒަމާންތަކަށް ފަހު އއ. މާޅޮހަށް ފޯރިގަދަ އީދެއް

by އަބްދުﷲ ސަފީގު އަލީ
ޖޫން 22, 2023
in ޚަބަރު
0
ޒަމާންތަކަށް ފަހު އއ. މާޅޮހަށް ފޯރިގަދަ އީދެއް

އއ.މާޅޮހުގެ އީދު ކުޅިވަރު ގެތެރެއިން، މި ފަހަރު އީދު ވަރަށް ފޯރި ގަދަވާނެ

ޒަމާން ތަކަށް ފަހު ފޯރި ގަދަކޮށް އީދު ފާހަގަކުރުމަށް އއ މާޅޮހުން ނިންމައިފިއެވެ. މި ގޮތުން މާޅޮހު ކައުންސިލުން އިސްވެ ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

މާޅޮހު އީދު ކޮމެޓީން މައުލޫމާތު ދޭ ގޮތުގައި އީދު ފުރަތަމަ ދުވަހު އޮންނާނީ ކުޑަކުދިންގެ ހަވީރަކާއި ޒުވާނުންގެ ފުޓްބޯޅަ މެޗެކެވެ. އޭގެ ފަހުން އޮންނާނީ ރަސްމީކޮށް އީދު ފެށުމެވެ. އީދު ފެށުމުން ގޮތުން ބާއްވާ އީދު ވެދުމާ ދިއުން ރަށުގެ ބޮޑު މަގުތަކުން ޕެރޭޑެއްގެ ސިފައިގަ ރަށުގެ ހުރިހާ އުމުރުފުރައެއްގެ މީހުން ސާމިލުވާގޮތަށް ދާނީ އެކި އެކި ކުޅިވަރުތައްވެސް ކުޅެމުންނެވެ. މި ގޮތުން ރަށުގެ ވެރިންގެ އަރިހަށް ގޮސް އީދު ބޭއްވުމުގެ ހުއްދައަށް އެދުންވެސް އޮންނާނީ އީދު ވެދުމާ ދިއުމަށް ބާއްވާ ހަރަކާތުގެ ތެރޭގައެވެ.

އީދުގެ ދެވަނަ ދުވަހު ހަވީރުގެ ކުޅިވަރުތަކަށް ފަހު އެންމެ ހާއްސަ ކަމަކަށް އޮންނާނީ ރަށު ފަންނާނުންގެ ޝޯވ އެކެވެ. މި ޝޯވްގައި އޮންނާނީ މުޅިންވެސް މާޅޮހުގެ ފަންނާނުންގެ ހުނަރުތައް ދައްކާލުމެވެ. ރާއްޖޭގެ މޮޅެތި ފަންނާނުން ލަވަކިއުންތެރިން އަދި ނެށުންތެރިންނަށް ދޫނުކުރާވަރުގެ ހުނަރުވެރިން ތިބި މާޅޮހުގައި މިއީ ރަށުން ބޭރުން ޒިޔާރަތްކުރާ ފަރާތްތަކުން ކޮންމެހެންވެސް ބަލާލަން ޖެހޭ ފަދަ ޝޯވއެކެވެ.

އީދުގެ 3 ވަނަ ރޭ، ޖުލައި 30 ވަނަ ދުވަހުގެ ރޭ އޮންނަ ލަނގިރީގެ ހަރަކާތްތަކެވެ. ސަގާފީ ގޮތުން އެތައް ސަތޭކަ އަހަރުވީ ލަނގިރި ކުޅިވަރުގައި މުޅި ރާއްޖެއިން ވެސް އެންމެ މަޝްހޫރު މީމު އަޮތޮޅުން މި ފަހަރު މާޅޮހަށް އަންނަނީ އެ އަތޮޅު މަޑުއްވަރީ ލަނގިރި ގުރޫޕެވެ. ސަގާފީ ގޮތުން އެކަން ކުރާގޮތް ބަލާލަން ބޭނުން ނަމަ މި ފަހަރު އަސްލު ލަނގިރި ޖަހާގޮތް މާޅޮހުން ފެންނާނެއެވެ.

ލަނގިރީގެރ ސަގާފި ހަަރަކާތަށް ފަހު ޒަމާނީ މިހާރުގެ ނެށުންތައް އޮންނަނީ ޖުލައި 1 ގައެވެ. އެރޭ އއ. މާޅޮހު ސްޓޭޖަށް އަންނަނީ މަޝްހޫރު ޔާރާ ގުރޫޕެވެ. އިތުރު ތައާރަފަކަށް ބޭނުން ނުވާ ރިޝްމީއާއި އާއި އާޝާއެވެ. ނުޒޫ އަދި ޖުމާ ފަދަ ކުޅަދާނަ ނެށުންތެރިންނާ އެކު އެރޭ އަކީ މާޅޮހު އީދުގައި އެންމެ ފޯރިގަދަ އެއް ރެއެވެ.

މީގެ އިތުރުން ޒަމާނުން ފެށިގެން އެ ރަށުގައި ކުރަމުން އަންނަ އަންހެން، ފިރިހެން ވަކިން ކޯޑި ކުޅުންވެސް އޮންނާނެއެވެ.

އީދު ނިންމާލުމުގެ ގޮތުން އޮންނާނީ ރަސްމީ ޖާފަތެކެވެ. މި ޖާފަތުގައި ރަށުގެ އެންމެވެސް ބައިވެރިވާނެއެވެ. މި ޖާފަތަށް އިންސާފުކުރުމަށް ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކުން ބައިވެރިވުމަށް ކައުންސިލުންނާއި އީދު ކޮމެޓީން ދައުވަތުދެއެވެ. މާޅޮހު އީދު ކޮމެޓީ ފަރާތުން މައުލޫމާތު ދޭ ގޮތުގައި އެރަށު ރައްޔިތުންނެކޭ އެއްފަދައިން ރަށަށް އަންނަ މެހެމާނުންނަށްވެސް އެރަށުގައި ބީރައްޓެހި ކަމުގެ އިހުސާސެއްވިޔަ ނުދޭނެއެވެ.

އީދު ކުޅިވަރުތައް ބެލުމާއި ބައިވެރިވުމުގައި ވެސް ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމިއްލަ ރަށުގައި އީދުގައި ހުރެވޭ ކަމުގެ އިހުސާސް ކުރެވޭނެ ކަމަށްވެސް އެފަރާތުން ޔަގީންކަން ދެއެވެ. އއ. މާޅޮހަކީ ރަަށަށް އަންނަ މެހެމާނުންނަށް ވަރަށް ހިތްހެޔޮ އޯގާތެރި ބައެއް ދިރި އުޅޭ ރަށެއް ގެ ގޮތުގައި މަޝްހޫރު ރަށެކެވެ.

އީދު ގެ އެކި ހަރަކާތްތައް ބޭއްވުމުގައި ރަށު ކައުންސިލާއި، މާޅޮހު އެކުވެރި ރައްޔިތުންނާ އަދި ވަކިން ހާއްސަކޮށް އއ އަތޮޅުގައި މާޅޮސް ކައިރީގައި ހިންގަމުންދާ ރިސޯޓުތަކުން ދެއްވާ އެހީތެރިކަމާ އެއްބާރުލުމަށް، މާޅޮސް އީދު ކޮމެޓީން ޝުކުރުވެރިކަމާ އެކު ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޖޫން 2, 2025
ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މެއި 30, 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©