• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޕީއެންސީގެ ޕީޖީ ލީޑަރަކީ ސުޖާއެއް ނޫން، ފަލާހު

by މުރާސިލު
މެއި 23, 2024
in ޚަބަރު
0
ޕީއެންސީގެ ޕީޖީ ލީޑަރަކީ ސުޖާއެއް ނޫން، ފަލާހު

ކުރިން ހީކުރި ގޮތާއި ހިލާފަށް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހަށް ދިނުމަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު ހުށައަޅުއްވައިފިއެވެ.

މިއަދު މުލިއާގޭގައި އޮތް ބައްދަލުވުމެއްގައި ޕީއެންސީގެ ޗެއަމަން ހައިސިއްޔަތުން ރަޢީސް ޑރ.މުހައްމަދު މުއިއްޒު ހުށައެޅުއްވީ ވިހި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމް ފަލާހު، އަދި ސީނިއާ ޑެޕިއުޓީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. މި ހުށައެޅުއްވުމަށް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ރުހުންވަނީ ލިބިފައެވެ.

ތިން ނައިބު ލީޑަރުން ގެ ގޮތުގައި ރައީސް ހުށައެޅުއްވައި ފާސްކުރެވުނު ފަރާތްތަކަކީ:

  • މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް – ޑެޕިއުޓީ ލީޑަރު
  • ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު – ޑެޕިއުޓީ ލީޑަރު
  • ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް – ޑެޕިއުޓީ ލީޑަރު

ޕީޖީ ލީޑަރަކަށް އައްޔަނުކޮށްފައިވާ ފަލާހަކީ، 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވެސް އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޕީޕީއެމް ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މީގެ ކުރިން ޕީޕީއެމްގެ އިސް ހަރަކާތްތެރިއެއްގެ ގޮތުގައި އުޅުއްވި ފަލާހުވަނީ ރައީސް ޔާމީނަށް އިންތިހާބު ނާކާމިޔާބުވުމުން ޕާޓި ދޫކުރައްވާ ސިޔާސީ ހަރަކާތްތަކާއި ދުރުގައި އުޅުއްވާފާއެވެ. މި ފަހުން ސިޔާސީ ކަންމުގައި ހަރަކާތްތެރިވާން ފެށީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ތާއިދު ހޯއްދެވުމުގެ ހަރަކާތްތަކުގެ ތެރެއިންނެވެ.

ޕީއެންސީގެ ބައެއް މެމްބަރުންނާއި އަދި ސިޔާސީ ފަރާތްތަކުން ގަބޫލުކުރަމުން އައީ މި ފަހަރުގެ ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމަށް ހަމަޖައްސާނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ކަމަށެވެ. ސުޖާއު އަކީ ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރާއި އަދި އިންތިހާބުން ނާކާމިޔާބު ވުމުން ޕިޕީއެމްގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި ފަރާތެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގައިވެސް ސުޖާއުވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ވިހިވަނަ މަޖިލީސް ހުވާކުރުން އަންނަ އަންގާރަ ދުވަހު އޮންނާނެއެވެ. ހުވާ ކުރުމަށް ފަހު، ބާއްވާ އެންމެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ސިއްރު ވޯޓެއް ނެގުމެވެ.

ގުޅުންހުރި ލިޔުންތައް

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޖޫން 2, 2025
ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މެއި 30, 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©