ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ވަކި ކުރި އަހުމަދު ސަމާހު ފިޝަރީޒު މިނިސްޓްރީގެސްޓޭޓް މިނިސްޓަރު ކަމުގެ މަގަމާށް އައްޔަން ކޮށްފިއެވެ.
ޕީބީސީން ކުރިއަށް ގެންދިޔަ ތަހުގީގަކަށް ސަމާހު ވަނީ މީގެ ކުރިން ސަސްޕެންޑުވެސް ކޮށްފައެވެ. މިފްކޯގެ މުއައޒަފުންތަކެއް ޕީބީސީއަށް ފޮނުވި ސިޓީއެއްގައި ވަނީ ސަމާހު ކުންފުންޏަށް ހިޔާނާތްތެރިވަމުންދާ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާ ހާސިލުކޮށް އާއިލާއާއި ގާތްތިމާގެ މީހުންނަށް މިފްކޯއިން ވަޒީފާތައް ދެމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. މީގެ އިތުރުން މިފްކޯއަށް ވަދެ ނިކުތުމުގެ ’އެކްސެސް‘ ކުންފުނީގައި މަސައްކަތް ނުކުރާ ސަމާހުގެ ރައްޓެހިންނަށް ދިނުމާއި ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގައި އަގުބޮޑެތި ހޮޓާތަކުގައި ހުރުން ފަދަ ކަންކަންވެސް ހިމެނެއެވެ. މި މައްސަލަތައް ބެލުމަށް ފަހު ޕީބީސިން ނިންމީ ސަމާހު މިފްކޯގެ ޗީފް އެގެޒެކެޓިވް މަގާމުންނާއި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކި ކުރުމަށެވެ.
އަހުމަދު ސަމާހަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު، ސިޓީ ކައުންސިލުގެ ކޮންސަލްޓެންޓަކަށް އައްޔަންކޮށްފައިވާ ބޭފުޅެކެވެ.