• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

by އަބްދުﷲ ސަފީގު އަލީ
އޭޕްރިލް 22, 2024
in ޚަބަރު
0
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މި ފަހަރު ރައްޔިތުން މަޖުލީހުގެ އިންތިހާބުގައި ބައެއް ދާއިރާތަކުން އެއް އާއިލާއަކުން ބައެއް ކެންޑިޑޭޓުން ނުކުމެ ވާދަކޮށްފައިވެއެވެ. އެއްބަނޑުއެއްބަފާ ދެބެއިންވެސް އެއް ދާއިރާއަކަށް ވާދަކޮށްފައިވެއެވެ. ނަމަވެސް މާފަންނު މެދު ދާއިރާއަށް ވާދަކުރި މިހާރުގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަދި ބޮންޑޭގެ ކޮއްކޮ އާމިރުގެ ކުރިމަތިލުން ދިޔައީ މީހުންގެ ހީކުރިގޮތަކަށް ނޫނެވެ. ދެ ޕާޓީން ވާދަކުރި، ވާދަވެރި ދެ ކެންޑިޑޭޓަށްވުރެ އެހެން މަންޒަރުތަކެއް ހިތްދަތި ވާހަކަތަކެއް އެ ދެބެންގެ ކެމްޕޭނުން ވަނީ ފެނިފައެވެ.

މި ފަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް އަދި އިންތިހާބުގައި ވާދަ ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖުލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން އެންމެ ފުރަތަމަ އިއުލާން ކުރި ދެ މެމްބަރަކީ މާފަންނު މެދު ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައެވެ. ކެނދިކުޅުދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވި ދުވަހު ވައުދުވި ގޮތަށް އަހުމަދު އީސަ މި ފަހަރު ވާދައެއް ނުކުރެއެވެ. ވާދަވެރި ޕްރައިމަރީއަކަށް ފަހު މި ފަހަރު އެ ދާއިރާއަށް ވާދަކުރީ އަހުމަދު އީސަގެ ކެމްޕޭނުގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ޝަހީދުއެވެ. ޝަހީދު އެ ގޮނޑި ކާމިޔާބު ކޮށްދެވޭތޯ ކެނޑިނޭޅި އީސައާއި އަދި އީސަގެ އާއިލާއިންވަނީ ބުރަ މަސައްކަތެއްކޮށްފައެވެ. ބޮންޑޭއަކީވެސް މިގޮތަށް މަޖުލީހަށް ދެން ވާދަ ނުކުރުމަށް ނިންމައިގެން ހުރި މެމްބަރެކެވެ. އެމްޑީޕީއާއި ޖެހުނު ހިޔާލު ތަފާތުވުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދި ދަ ޑިމޮކްރެޓްސްއަށް ބަދަލުވެ، އެ ޕާޓީގެ އެންމެ އިސް މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންއައި ބޮންޑޭއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ދުރުކުރުމަށް ވަރުގަދަ މަސައްކަތްތަކެއްކުރި އެއް މެމްބަރެވެ. ބޮންޑޭމެންގެ ބުރަ މަސައްކަތުން އުފެއްދި އެމްޑީޕީގެ ވެރިކަން ބަލިކަށިކޮށްލާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުނަ ނުދޭން ނަޝދިުގެ އިރުޝާދުގެ ދަށުން ބޮންޑޭމެންގެ ޑިމޮކްރެޓްސް ޕާޓީން ވަނީ ކާމިޔާބު މަސައްކަތްތަކެއްކޮށްފައެވެ.

މި ފަހަރުގެ އިންތިހާބުގައި ބޮންޑޭ ވާދަ ނުކުރާނެ ކަމަށް ނިންމާފައިވާތީވެ، އެ ދާއިރާގެ އެމްޑީޕީ ރައީސް އަހުމަދު އާމިރު ނިންމީ ކުރިމަތިލުމަށެވެ. ޕާޓީގެ ޓިކެޓު ހޯދުމަށް ފަހު، ބޭބެ ބޮންޑާގެ އެތައް ހިދުމަތްތަކާއި އާމިރުގެ އެހީތެރިކަން ލިބިފައިވާ ދާއިރާއަކަށް ވުމުން އެންމެންވެސް ނިންމައިގެން ހުރީ އާމިރަށް ފަސޭހަ އިންތިހާބަކަށްވާނެ ކަމަށެވެ. މި މަންޒަރު ބަލަން ޑިމޮކްރެޓްސް ޕާޓީއަކަށް ހަޖަމެއް ނުވިއެވެ. އެ ޕާޓީގެ އިންތހާބު ކަންކަމުގައި ހަރަކާތްތެރިވަމުން އައި އޮފިޝަލަކުވެސް ބުނެފައިވަނީ ޑިމޮކްރެޓްސް އެންމެ ބޮޑު އިސްކަމެއް ދިނީ އެމްޑީޕީ މެމްބަރަކު ބަލިކުރެވޭ ނުވަތަ ވޯޓުތައް ބައިބައިކޮށްލެވޭނެ ގޮތްގޮތަށް މެމްބަރުން މަޖުލީހުގެ އިންތިހާބަށް ނެރުމަށެވެ. ޑިމޮކްރެޓްސްއިން ނިންމީ ވާދަނުކުރަން ހުރި ބޮންޑޭ ނެރުމަށެވެ. ނަޝީދަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސްވާން ތައްޔާރަށް ހުރި ބޮންޑޭގެ ވެސް ވާދަކުރަން ދެއްކި ބަހަނާއަކީ ’ކުރިން ބުނެފައިވާނީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ނުކުރާނެ ކަމަށެވެ‘. މި ކަމުގެ ސަބަބުން އާމިރުގެ ޓީމަށް ސިހުން ލިބުނަސް މިކަމުގައި ނަޝިދުގެ އަޑިނުބައި އެޖެންޑާ ރެއަކާލީ އިންތިހާބު ނިމެން ދެ ދުވަހަށް ވެފައިވަނަިކޮށެވެ. އޭރު ބޮންޑޭ ވަނީ އާމިރު މޮޅު ނުވެވޭނެވަރަށް ގެއްލުން ދީފައެވެ.

މުހައްމަދު ރަޝިދު (ބޮންޑޭ) އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރި އޭރުގެ އެމްޑީޕީގެ ވަރުގަދަ ސިޔާސީ އެކްޓިވިސްޓެކެވެ. ނަޝީދު ވެރިކަމުން އިސްތިއުފާ ދިނުމުން، ނަޝީދާ ދެކޮޅަށް އޭރުގެ ޕީޕީއެމުން ހިންގި ހަރަކާތްތަކާއި ފުލުހުންނާއި ސިފައިންގެ ފަރާތުން އެންމެ ބޮޑު އަނިޔާއެއް ލިބުނު އެކަކީވެސް ބޮންޑާއެވެ. އެމްޑީޕީން އަލުން ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި މުހިއްމު ދައުރެއް ބޮންޑާ އަދާކުރިއެވެ. ނަމަވެސް ނަޝީދުގެ އެދުމުގެ މަތިން ބޮންޑާއަށް އެންމެ ބޮޑު އަނިޔާއެއް ދިން ޕީޕީއެމާއި ބައިތު ހިފައި ރައީސް ސޯލިހު ވެރިކަން ބަލިކަށިކޮށް ދެވަނަ ދައުރެއްވެސް އެމްޑީޕީއަށް ލިބުނަ ނުދޭން ފާޅުގައި ނިކުމް ފުރަތަމަ މީހަކީ ބޮންޑާއެވެ. ނަޝީދު ބޭނުންވިގޮތަށް ވެރިކަމުގެ ބާރުތައް ނުލިބުމުންނެވެ، އޭރުވެސް ދައުލަތުގެ އެއްބާރުގެ ވެރިޔާ (ރައްޔިތުންގެ މަޖުލީހުގެ ރައީސްކަން) ނަޝީދަށް ލިބި، ނަޝީދުގެ ކޮއްކޮ އީވާ އަބްދުﷲ އަށް މަޖުލީހުގެ ނައިބްރައީސްކަން ލިބުނަސް ނަޝީދުގެ ހިތެއް ނުފުރުނެވެ. އެމްޑީޕީގެ ތެެރެއިން ގެންނަން އުޅުނު ބަގާވަތް ނާކާމިޔާބު ވުމުން ބޮންޑޭމެންގެ އެހީއާއި އެކު ހެދި ދަ ޑިމޮކްރެޓްސް ގެ މަގުސަދަކީ އެމްޑީޕީ ރޫޅާމުމެވެ، ނަޝީދުވަނީ އެކަން ތަކުރާރުކޮށް އިއުލާންކޮށްފައެވެ. އެމްޑީޕީން ކުރިމަތިލާ ކޮންމެ ގޮނޑިއަކަށް ޑިމޮކްރެޓްސް ކުރިމަތިލަނީ ގޮނޑި ކާމިޔާބު ކުރުމަށްވުރެ ބޮޑަށް އެ ގޮނޑި އެމްޑީޕީން ކާމިޔާބުނުވާނެ ގޮތްތަކެއް ރާވައި ވޯޓުތައް ބައިބައި ކުރުމުގެ މަގުސަދުގައެވެ.

މަޖުލިސް އިންތިހާބުގައި މި ފަހަރު ނަޝީދަށްޓަކައި ބޮންޑޭވަނީ އެއްބަނޑުއެއްބަފާ ކޮއްކޮ ’ކަތިލައި‘ ސިޔާސީގޮތުން މަޖުލީހަށް ނިކުތް ފުރަތަމަ ފަހަރު އިނދަ ޖައްސާލާފައެވެ. މަޖުލީހަށް ވާދަ ނުކުރަން ނިންމައިގެން ހުރި ބޮންޑާ ނަޝީދުގެ އެދުމުގެ މަތިން ނިކުތީ އެމްޑީޕިގެ އާދައިގެ މެމްބަރަކާ ވާދަ ކުރާކަށް ނޫނެވެ. އަމިއްލަ ލޭގެ މައްޗަށް ނަޝިދުގެ ނުފޫޒު ވަދެ، މުޅި ދާއިރާ ގައި އޮތް އެމްޑީޕީގެ ތާއިދަށް ލޮޅުންް އަރުވާލައި، ކޮއްކަ ސިޔާސި ގޮތުން އިނދަޖައްސާލާ ގިއްގަޅުވާލުމަށެވެ. ދާއިރާގެ މީހުންނަށްވެސް ބުނެދެމުން ދިޔައީ އާމިރަށް ވޯޓު ދޭން ހެޔޮ ނުވާނެ ކަމަށެވެ. ބޮންޑާގެ މަގުސަދު ހާސިލުވެ އާމިރަށް މަޖުލިސް ގޮނޑިއެއް ނުލިބުނެވެ. ފަހުވަގުތު ނަޝިދު ރާއްޖެއައިސް އެމްޑީޕީއާއި ދެކޮޅަށް ދެއްކި ވާހަކަ ބޮންޑާ ވަނީ ތަކުރާރުކޮށް ދޮރުން ދޮރަށް ހިނގައި އެމްޑީޕީއާއި ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެވެސް ކޮށްފައެވެ. ނަޝިދު ފުރައިގެން ރާއްޖެއިން ބޭރު ވަޒީފާއަށް ދިޔައިރު ބޮންޑޭ އާއި އާމިރު ވަނީ މިއިން ޒަމާނަކު ސިޔާސީ މައިދާނަށް، އިންތިހާބީ މަގާމަށް ކުރިމަތި ނުލެވޭ ވަރުގެ ފަލީހަތެއް ކޮށްލާފައެވެ. ދާއިރާގެ ރައްޔިތުން ބުނަނީ އަމިއްލަ ލޭގެ މައްޗަށް، ރަހިމުގެ ގުޅުމުގެ މައްޗަށް ކުލުނެއް ރަހުމެއްނެތް ބަޔަކު ދާއިރާ މީހުން ދެކެ އޮންނާނީ ކޮން ކުލުނެއް އަޅާލުމެއް ހެއްޔެވެ. މިކަމަށް ނަޝީދުގެ ސަޕޯޓަރުން ’ސިޔާސި ހިކުމަތު އަމަލީ‘ ކިޔަސް މި ޒަމާނުގެ ހޭލުންތެރި މުޖުތަމައު އެކަން ގަބޫލެއް ނުކުރާނެއެވެ. އެކަން އެ ވަނީ މި ފަހަރުގެ ރިޔާސީ އިންތިހާބުން ’ސުން ގޮންޑިން‘ ޑިމޮކްރެޓްސް ޕާޓީއަށް ދައްކައިދީފައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©