މީގެ ކުރިންވެސް ބަޔަކު ސޯސަލް މީޑިއާގައި ގެންގުޅުނު ލިސްޓަކަށް ބައެއް މީޑިއާ ތަކުން ހަބަރުވެސް ހެދިއެވެ. ވަރަށް ގިނަ އާއްމުންވެސް ’ަރަތަށް‘ އަރައިގެން ކޮމެންޓުވެސް ކުރިއެވެ. އެ ލިސްޓުގައި މުޅިންވެސް ތިބީ ހިންނަވަރު މީހުންނެވެ. އެހެންކަމުން ހިންނަވަރު މީހުންނަށް، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ރަށު މީހުންނަށް ފްލެޓް ދެނީކަމަށް ދެކިގެން ގިނަބަޔަކު ހިތްހަހަމ ނުޖެހުނެވެ. ފަހުން އެނގުނު ގޮތުގައި އެއީ ހިންވަރުން ގޯތި ލިބޭ މީހުންގެ ލިސްޓެކެވެ. އެހެންވިމާ އޭގައި އޮންނާނީ އެރަށު މީހުންގެ ނަމެވެ. ބަޔަކު އެޑިޓްކޮށްލައިގެން ވިނަރެސް ފްލެޓު ލިބޭ މީހުން ކަމަށް ބުނެ ސޯސަލް މީޑިއާއަށް ދޫކޮށްލީއެވެ.
މިހާރުވެސް ދައުރުވާ އެހެން ފްލެޓު ލިސްޓެއް ސޯސަލް މީޑިއާގައި އެބަ ގެންގުޅެއެވެ. ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކޮށްފައިވާ މިކްސް ރެޒިޑެންޝަލް ޔުނިޓްތަކުން ބައެއް ފްލެޓު އާބަންކޯގެ މުއައްޒަފުންނަށް ވިއްކަން ހުޅުވާލާ ކަމަށް ބުނާ މެމޯއަކާއި އެ ކުންފުނީގެ ބޯޑް މެންބަރުންނާއި ޑިރެކްޓަރުންނާއި މެނޭޖަރުންތަކެއް ހިމެނޭ ލިސްޓެކެވެ.
އެކަމާ ގުޅޭ ގޮތުން އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ސްޓާފް ހައުސިން ސްކީމްގެ ދަށުން ބައެއް ފްލެޓުތައް ވިއްކާލަން ހުޅުވާލާފައިވާ ކަމަށާއި ކުރިމަތިލި ފަރާތްތަކަށް ފުރުސަތު ދީ ނިމުނު އިރު 34 ޔުނިޓެއް ނުވިކި ބާކީވެފައިވާ ކަމަށެވެ.
ހައުސިން ސްކީމަށް ހުޅުވާލި ފަހުން އެއް އަހަރުވެފައިވާ އިރު އެ ސްކީމަށް ކުރިމަތިލުމަށް ފުރުސަތު ނުލިބޭ ގިނަ މުއައްޒަފުންތަކެއް މިހާރު އެބަތިބި ކަމަށާއި އެހެންވެ އެ 34 ފްލެޓަށް ކުރިމަތިލާން އަލުން ހުޅުވާލާފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ. މިހާރު 800 އަށްވުރެ ގިނަ މުވައްޒަފުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށާއި މިއީ ވަކި އުސޫލަކުން ވިއްކާ ތަންތަން ކަމަށް ބުންޏެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ މީހަކު އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ ސައްހަ ނޫން ލިސްޓެއް ކަމަށް އާބަންކޯ އިން ބުންޏެވެ.
އާންމުންނާ ގުޅިފައިވާ އެފަދަ މަސައްކަތްތައް ކުރާނީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަނޑައެޅިފައިވާ ގަވައިދާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި އެފަދަ މަސައްކަތްތައް އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން ގަވައިދުން ބަލަމުންދާ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.
ސޯސަލް މީޑިއާގައި ’މަޖަލަކަށް‘ ކޮށްލާ މި ފަދަ ކަންކަންވެސް އާއްމު ބައެއް ފަރާތްތަކުން ސީރިއަސްކޮށް ނަގައިގެން އުޅެނީ މީގެ ކުރިން ކަންތައްތައް ހިނގާފައި ހުންނަ ގޮތްގޮތުން އިތުބާރު ނުކުރެވޭތީއެވެ.
އަސްލު ލިސްޓަކަށް ވިޔަސް އެއްބަހެއްނުވާނެ.ވަގު ސަރުކާރެއް.ރައްޔިތުން ފެލަން އުޅެނީ