ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ކަމަށް ދ.މީދޫ ފެހިގެ ފަޟީލަތުއްޝެއިޚް މުޙައްމަދު ލަޠީފް ޢައްޔަންކުރައްވައިފިއެވެ.
ޝެއިޚް މުޙައްމަދު ލަޠީފް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ.
ޝެއިޚް މުޙައްމަދު ލަޠީފު ކުރިން ވަނީ އިސްލާމީ މަރްކަޒުގެ އިމާމުގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބައެއް މަގާމުތަކާއި އަރަބިއްޔާ ސްކޫލުގައިވެސް ޝެހިހު ލަތީފު މަސައްކަތް ކުރެއްވިއެވެ.