ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހެލުތު މިނިސްޓަރުކަން ކުރެއްވި ޅ.ހިންނަވަރު، ބޮޑުގެންޑާގެ، އަބްދުﷲ ނާޒިމް ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.
ޕީޕީއެމް އިސްބޭފުޅެއް ކަމަށްވާ ނާޒިމް އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށެވެ.
ނާޒިމް ވަނީ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ގެ ޑެޕިއުޓީ ކެމްޕޭނު މެނޭޖަރުކަން އަދާކުރައްވާފައެވެ.