ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ގ.އަތަ، ޔޫސުފް މާނިއު މުހައްމަދު ހަމަޖައްސަވައިފިއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިޢު މުޙައްމަދު ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، ޔޫސުފް މާނިޢު މުޙައްމަދު ކުރެއްވިއެވެ. މި މަޤާމަށް ޔޫސުފް މާނިޢު މުޙައްމަދު ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިންޓަރގިރިޓީ ކޮމިޝަނުގެ ރައީސްކަން މާނިއު އަދާކުރެއްވިއެވެ.