ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ މިލިޓަރީ ވިންގު އަލް ގައްސާމު ބްރިގޭޑުގެ އިސް ކޮމާންޑަރު ތަލާލު އަލް ހިނދީ އިޒްރާއިލުން ޝަހީދު ކޮށްލައިފިއެވެ. ހަމާސްގެ މިލިޓަރީ ކޮމާންޑަރު ދިރިއުޅޭ ގެއަށް އަމާޒުކޮށް ދީފައިވާ މި ހަމަލާގައި ތޮލާލާއި އާއިލާގެ މެމްބަރުންވެސް ވަނީ ޝަހީދުވެފައެވެ. ގާޒާގެ މެދު ތެރެއަށް، ތޮލާލް ނިސްބަތްވާ އާއިލާއަށް އަމާޒު ކޮށްދިން މި ހަމަލާގައި ޝަހީދުވެފައިވަނީ އަންހެނުން ފަދުވާ އާއި އަންހެންދަރިފުޅު އިސްރާ އަދި ބޮޑުބޭބެ ކިޔާ އަންހެން ކުއްޖެއް ކަމަށްވާ ބާރާއެވެ.
މަންޒަރުދުށް މީހުން ބުނާގޮތުގައި އެ އާއިލާއަށް ދިން ހަމަލާގައި އެ ސަރަހައްދުގެ އެހެން ގެތަކަށްވެސް ގެއްލުންތަކެއްވެ، ބައެއް މީހުންވަނީ ވެއްޓިފައިވާ ގެތަކުގެ ދަށުގައެވެ.
މިއީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ އުދުވާނުގައި މި ފަހުން ޝަހީދުކޮށްލި ހަމާސްގެ އެންމެ މުހިއްމު އެއް ބޭފުޅެވެ.