ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެނިފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޕިޮލސް ސަރވިސްއިން މައުލޫމާތުދޭ ގޮތުގައި މި ޑޮލަރުތައް ފެނިފައިވަނީ 2023 ޖުލައި 20 ވަނަ ދުވަހުގެ 18:28 އެހާކަންހާއިރު ގެވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓަރމިނަލް ކަފިހިހުރަސް ސަރަހައްދުންނެވެ. އަދި މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މިފައިސާގެ ވެރިފަރާތް ހޯދިފައިނުވެއެވެ.
ވީމާ ފައިސާތަކުގެ ވެރިފަރާތުން، އެއަރޕޯޓް ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއަރޕޯޓް ޕޮލިސް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ޕޮލިހުން އިލްތިމާސް ކުރެއެވެ.