• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސަސްޕެންޑު ކުރި އެޗްޑީސީ ބޯޑުގެ މެމްބަރުންނަށް ސަރުކާރުގެ 2 ވަޒީފާ!

by މުރާސިލް ޓީމް
ފެބްރުއަރީ 14, 2025
in ޚަބަރު
0
ސަސްޕެންޑު ކުރި އެޗްޑީސީ ބޯޑުގެ މެމްބަރުންނަށް ސަރުކާރުގެ 2 ވަޒީފާ!

އެޗްޑީސީއިން ހިންގަމުންދާ ހިޔާނާތާއި ވައްކަމުގެ މައްސަލަތަކެއް ފަޅާ އެރުމުން ސަސްޕެންޑު ކުރި ބޯޑު މެމްބަރުން ސަރުކާރުގެ އެހެން ވަޒީފާތަކަށް އިއްޔެ ނުކުންނަން ފެށުމުން އާއްމުންގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

ސަރުކާރުގެ އޮފިޝަލަކު މުރާސިލަށް މައުލޫމާތު ދެމުން ބުނީ އެޗްޑީސީގެ ބޯޑު މެމްބަރުންނަށް ވަނީ ސަރުކާރުން އިތުރު އެހެން ވަޒީފާތަކެއްވެސް ދީފައެވެ. އެހެންކަމުން ސަސްޕެންޑު ކުރިއަސް ސަރުކާރުގެ އެހެނިހެން ވަޒީފާތަކުގައި އިއްޔެގަވެސް އެބޭފުުން އުޅުއްވާކަމަށެވެ. މި ގޮތުން އެޗްޑީސީގެ ބޯޑު މެމްބަރުންގެ ތެރެއިން ސަރުކާރުން އިތުރު ވަޒީފާ ދީފައިވާ ފަރާތްތަކުގެ ތެރޭގައި:

އަބްދުﷲ އަޒުހަރު:

ޑިސެމްބަރު 2023 ގައި އެޗްޑީސީގެ ބޯޑު މެމްބަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ އަޒުހަރަކީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެވެ. އެޗްޑީސީގެއިތުރުން ހައުސިން މިނިސްޓްރީގައިވެސް އަޒުހަރަށް ވަކިން އޮފީސް ޖާގައެއް ވަނީ ހަމަޖައްސާ ދީފައެވެ.

އިބްރާހިމް ޔޫސުފު:

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ދިމްޔާތު އޮފީހުގައި މަސައްކަތް ކުރެއްވި އިބްރާހިމް ޔޫސުފަކީ އެޗްޑީސީގެ ބޯޑު މެމްބަރެއްެގެ އިތުރުން މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ސްޓޭޓް މިނިސްޓަރެވެ. އިބްރާހިމް ޔޫސުފު ގިނަ ވަގަުތު މަސައްކަތް ކުރައްވަނީ ޓުއަރިޒަމް މިނިސްޓްރީގައެވެ.

ފާތުމަތު މިޒްނާ އަލީ

ފާތުމަތު މިޒްނާ އަލީ އެޗްޑީސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ޑިސެމްބަރު 2023 ގައެވެ. ސިޓީ ކައުންސިލާއި އެމްޓީސީސީގައި މަސައްކަތް ކުރެއްވި މިޒްނާ މި ވަގުުތު އަދާކުރަމުންދަނީ ޕޮލިޓެކްނިކުގެ ލެކްޗަރަރއެއްގެ ވަޒީފާއެވެ.

ޔޫސުފް ވަހީދު:

މި އަހަރުގެ ސެޕްޓެމްބަރު މަހުގައި އެޗްޑީސީގެ ބޯޑު މެމްބަރަކަށް އައްޔަންކޮށްފައިވާ ޔޫސުފް ވަހީދަކީ އެސްއެމްއީ ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަނުގެ ވެރިއެކެވެ. މި ސަރުކާރުން ޔޫސުފް އައްޔަންކޮށްފައިވަނީ އެސްޑީއެފްސީ ގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމެވެ.

މީގެ އިތުރުން މި ބޯޑުގައި ދެން ހިމެނެނީ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގައި މި ވަގުތުވެސް އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކެވެ. މިގޮތުން މުހައްމަދު ވިޝާމަކީ މަޝްހޫރު ކޮންސްޓަރަކްޝަން ކުންފުނި އާރުސީސީ އަދި މެމްބަރު ނާޒިމު (ކާނަލް ނާޒިމު) އާއިލީ ބޭފުޅެއްގެ އިތުރުން އާއިލީ ވިޔަފާރީގައިވެސް އުޅުއްވާ ފަރާތެކެވެ. ބޯޑު މެމްބަރު އާރިފް އަބްދުއް ސަމަދަކީ ފުޅާ ދާއިރާއެއްގައި އަމިއްލަ އެތައް ވިޔަފާރިއެއް ހިންގާ ފަރާތެކެވެ. މި ގޮތުން އަމިއްލަ ކުންފުންޏެއް ކަމަށްވާ އެންޓްރަކް މޯލްޑިވްސް ވިޔަފާރީގައިވެސް ހިއްސާވެއެވެ. އެޗްޑީސީ ބޯޑު މެމްބަރު މުހައްމަދު ނާޖިލަކީ ރެޑްވޭވް ވިޔަފާރިތައް ހިންގާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. ކުންފުނީގެ އެހެނިހެން ހިއްސާދާރުންނަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އެވެ.

ޕީއެންސީގެ އޮފިޝަލަކު މުރާސިލަށް މައުލޫމާތު ދެމުން ބުނީ މި ވަގުތު ރާއްޖޭގެ އެންމެ ގިނަ މެމްބަރުން ހިމެނޭ އެއް ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންސީ ގެ ވެރިކަމެއްގައި އެ ޕާޓީގައި ގާބިލު އެތައް ބަޔަކު ތިބި އިރު އެކަކަށް ދެ ވަޒީފާ ދީފައިވުމުން ޕާޓީގައި ގާބިލު މީހުން ނެތް ކަމަށް އާއްމުން ދެކޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©