• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފުލެޓު ލިސްޓުގައި ހިމެނޭ އެކަކުވެސް އުނިނުކުރުމަށް އެދި ހުށައެޅި ޕެޓިޝަން ބޭރުކޮށްލައިފި

by މުރާސިލު
ސެޕްޓެމްބަރ 9, 2024
in ޚަބަރު
0
ފުލެޓު ލިސްޓުގައި ހިމެނޭ އެކަކުވެސް އުނިނުކުރުމަށް އެދި ހުށައެޅި ޕެޓިޝަން ބޭރުކޮށްލައިފި

ފުލެޓު ލިސްޓުގައި ހިމެނޭ އެކަކުވެސް އުނި ނުކުރުމަށް އެދި ރައްޔިތުންގެ މަޖުލީހަށް ހުށައެޅި ޕެޓިޝަން މިއަދު ރައްޔިތުންގެ މަޖުލީހުން ބޭރުކޮށްލައިފިއެވެ.

އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ މި މައްސަލާގައި ބުނެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުން ފްލެޓް ލިބޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ރަސްމީ ވެބްސައިޓްގައި ގެޒެޓް ކުރި ހުރިހާ ފަރާތްތަކާއި އަދި ކަމުގެ މަސްލަހަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓްތައް ބާތިލު ނުކުރުމަށް އެދިފައެވެ. މި މައްސަލާގައި މިއަދު ޕެޓިޝަން ކޮމެޓީން ނިންމީ މި ޕެޓިޝަނުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށެވެ.

މި ޕެޓިޝަނުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ހުށައެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާނެވެ. އައިފާނުގެ ހުށައެޅުމަށް ތާއިދު ކުރެއްވީ އުނގޫފާރު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝިފާޒެވެ.

ޕެޓިޝަންގެ މަސައްކަތް ކުރިއަށް ނުގެންދަން ހުށަހަޅުއްވަމުން، މެންބަރު އައިފާން ވިދާޅުވީ، އެ ޕެޓިޝަނަކީ 19 ވަނަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކޮމިޓީއަށް އެންމެ ފަހުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހާޒިރުވެވަޑައިގެން ކުރެއްވި ސުވާލުތަކުން، އެ ކަމުގައި ދިމާވެފައިވާ މައްސަލަ ވަރަށްބޮޑަށް ސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައަކީ ފްލެޓް ލިސްޓު އިއުލާންކުރިއިރު، ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށްބުނެ، ފްލެޓު ދިނުން މަޑުޖައްސައިލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިން ލަފަޔާ ހިލާފަށް ކުރީގެ ސަރުކާރުން އެކަން ކުރިއަށް ގެންދިއުން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މި ޕެޓިޝަން ކޮމެޓިން ކުރިއަށް ނުގެންދިއުމަށް ޕެޓިޝަން ކޮމެޓީގެ 9 މެމްބަރުންގެ ތެރެއިން 7 މެމްބަރުން ތާއިދު ކުރެއްވިއެވެ. ތާއިދުކޮށް ވޯޓުދެއްވީ މުޅިންވެސް ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މަޖުލިސް މެމްބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©