• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ތޮއްޔިބު ޝަހީމު ކުއްލި ގޮތަކަށް ސްޓެލްކޯ ވަޒީފާއިން ވަކިކޮށްފި

by އަބްދުﷲ ސަފީގު އަލީ
މާރޗް 20, 2024
in ޚަބަރު
0
ތޮއްޔިބު ޝަހީމު ކުއްލި ގޮތަކަށް ސްޓެލްކޯ ވަޒީފާއިން ވަކިކޮށްފި

ސްޓެލްކޯގެ ވަޒީފާގައި 2 މަސް ނުވަނީސް ތޮއްޔިބު ޝަހީމު މަގާމުން ކުއްލިގޮތަކަށް ވަކިކޮށްފިއެވެ. ކުރިން ނޫސްވެރިކަމާއި އަދި މި ފަހުން ސޯސަލް މީޑިޔާގެ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަކުރެވުނު ތޮއްޔިބަށް ވަޒީފާ ދީފައިވަނީ މި އަހަރު ޖެނުއަރީ 29 ގައެވެ.

ސްޓެލްކޯގެ ބިއުރޯ ސަވިސް ސުޕަވައިޒަރ (ގްރޭޑް1) ގެ ވަޒީފާގައި ތައްޔިބު ހިދުމަތް ކުރުމުގައި މިހާތަނަށް ކުރެވުނު ތަޖުރިބާއާއި ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް މުރާސިލަށް ވަނީ ލިބިފައެވެ. އެ ސިޓީގައި ތޮއްޔިބު ބުނެފައިވަނީ ”އަޅުގަނޑު ސްޓެލްކޯގެ ވަޒީފާ އަދާކުރުމަށް ނިކުތީ އަޅުގަނޑުގެ ލަޔާޤަތާއި ޤާބީލްކަން ތަންދިން އެންމެމަތީ މިންވަރަކަށް ޚިދުމަތް ކުރުމުގެ ހެޔޮ ނިޔަތާއި ޢަޒުމުގައެވެ. 
އަޅުގަނޑު ވަޒީފާ އަށް ނިކުތުމަށްފަހު ކުންފުނިން އަޅުގަނޑަށް ހަވާލުކުރި ކޮންމެ މަސައްކަތެއް ކުރުމަށް އަޅުގަނޑު އަޒުމް ކަނޑައެޅީމެވެ. ހަމައެއާއިއެކު ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ އިސްބޭފުޅުން ކުންފުންޏާއި އަލަށް ގުޅުނު ފަރާތްތަކާއެކު ބައްދަލު ކުރައްވާ ކުންފުނީގެ އޮންނަ އުޞޫލުތަކާއި ރިވެތި އަޙްލާޤް ވިދާޅުވެ ދެއްވައި މަސައްކަތަށް ދެއްވަންޖެހޭ ޝައުޤާއި ސަމާލުކަން ވިދާޅުވެ ދެއްވި ނަސޭހަތާއި އިރުޝާދުން ކުންފުންޏަށް ޚިދުމަތް ކުރުމުގައި ދެމިހުރުމަށް އަޅުގަނޑަށް އިތުރަށް ހިތްވަރު ލިބުނެވެ. އަޅުގަނޑު މަސައްކަތް ކުރުމަށްޓަކައި ކުންފުނިން ކޮންޕިއުޓަރ ސިސްޓަމް ހަމަޖައްސަވައި ދެއްވާ މަސައްކަތް ކުރެވޭ ގޮތަށް ނެޓްވޯކް ގުޅާ ހައްދަވައި ދެއްވީ ފެބްރުއަރީ 24 ވަނަ ދުވަހު ކަމުގައި ދަންނަވަމެވެ. އެދުވަހާއި ހަމައަށްވެސް އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލު ކުރެވުނު ކޮންމެ ކަމެއް އަޅުގަނޑު ކޮށްފައިވާނެއެވެ. އަދި މަސައްކަތް ކުރާނެ ސިސްޓަމް ހަމަޖެހުމާއެކުވެސް އަޅުގަނޑު ފަސްޖެހުމެއްނެތި އަޅުގަނޑާ ހަވާލުކުރެވުނު ކޮންމެ ކަމެއް އަޅުގަނޑު ކޮށްފައިވާނެ ކަމުގައި ދަންނަވަމެވެ. “

ތޮއްޔިބުގެ ވަޒީފާގެ މަސްއޫލިއްޔަތާއި މަސައްކަތުގެ އަހުލާގާއި ބެހޭ ގޮތުން ސްޓެލްކޯގެ އެއްވެސް ވެރިއެއް އަދި މުއައްޒަފެއް ޝަކުވާއެއް ކޮށްފައިނުވާ ކަމަށް ތޮއްޔިބު ކަށަވަރުކޮށްދެމުން، ވަޒީފާއި ވަކިކުރިގޮތް ކަމަށް ސިޓީގައި ބުނެފައިވަނީ ”ކުއްލިއަކަށް މާރިޗް 3 (އެއްމަހާ 4 ދުވަސް ފަހުން) ވަނަ ދުވަހު އަޅުގަނޑު އެޗްއާރު ގެންގޮސްފައި އަޅުގަނޑުގެ މަސައްކަތާއި މެދު އެއްވެސް ވާހަކައެއް ނުދައްކަވާ، ސްޕަވައިޒަރުންގެ އެއްވެސް ނުރަނގަޅު ނުގުތާއެއް ފާހަގަ ކުރުމެއް ނެތި، އެއްވެސް އިވެލުއޭޝަނެއް ހެއްދެވުމެއްނެތި، ވަޒަން ކުރުމެއްނެތި، ނަސޭހަތެއް ނުވަތަ އިންޒާރެއް ދިނުމެއްނެތި ދެންނެވީ ”ވެރިން އެންގެވިގޮތަށް“ އަޅުގަނޑާއި ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަ ވާހައެވެ. އެހިސާބުން އަޅުގަނޑު ބަސްހުއްޓި ދަންނަވާނެ ވަކިއެއްޗެ ނޭނގިފައި ހުއްޓާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ހަވާލުވުމަށް ސޮއިކުރަން ހަމައެވަގުތު އެދުމުން ޙައިރާން ކަމުގައިހުރެ އެ ޗިޓާއި ހަވާލުވީމެވެ. “ ތޮއްޔިބުވަނީ ވަޒީފާއިން ވަކިކުރި ސަބަބު ސްޓެލްކޯގެ އެކި ވެރިންގެ އަރިހުން ސާފުކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބުމުން ރައީސް ޑރ.މުއިއްޒަށް އެޑްރެސްކޮށް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވަނީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހުން ތޮއްޔިބު އެދެނީ އަލުން ވަޒީ އިޔާދަ ކޮށްދިނުމަށެވެ. ތޮއްޔިބު ގަބޫލުކުރާ ގޮތުގައި ސްޓެލްކޯއިން ކަންތައް ކުރިގޮތް ރައީސަށް އެނގިވަޑައި ނުގަނެއެވެ.

ތޮއްޔިބުގެ ސިޓި ނިންމާލަމުން ބުނެފައިވަނީ ”އަޅުގަނޑު އެކިއެކި ގޮތްގޮތުން ސްޓެލްކޯގެ އެކިއެކި ފަރާތްތަކުގައި އަހައި އޮޅުންފިލުވައިގެންވެސް ސްޓެލްކޯގައި އަޅުގަނޑުގެ މަސައްކަތް ވަޒަންކުރި ގޮތް އިނގޭ ބޭފުޅަކު ދިމައެއްނުވިއެވެ. އަދި އެކަމެއް ކުރެއްވި ބޭފުޅަކުވެސް ދިމައެއްނުވިއެވެ. އެކަމާބެހޭ އެއްވެސް ލިޔެކިއުމެއް ތައްޔާރު ކުރެއްވި ބޭފުޅަކުވެސް އަދި ލިޔެކިޔުމެއްވެސް ހުރިކަމަކަށް ނުވިއެވެ.
އަދި ހަމައެހެންމެ އަޅުގަނޑު ވަޒީފާއިން ވަކިކުރި ޗިޓް ހަވާލުކޮށް އަޅުގަނޑު ކުންފުނީގެ އިމާރާތުން ނިކުތް އިރުވެސް އަޅުގަނޑާއި ކުންފުންޏާ ދެމެދު ހެދިފައިވާ އެއްބަސްވުންވެސް އަޅުގަނޑަކަށް އޭރު ލިބިފައިނުވުމާއެކު ޗިޓްގައި ބަޔާންކޮށްފައިވާ 2 މާއްދަށް ރެފަރެންސެއްވެސް ދޭކަށް އަޅުގަނޑަށްވެސް ކުންފުންޏަށްވެސް ނޭގުނެވެ. 
އިއްޒަތްތެރި ރައީސް، އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއެކު ވަރަށް އާދޭހާއިއެކު އެދެނީ އަޅުގަނޑަށް ސްޓެލްކޯއިން ފާއިތުވި ޖެނުއަރީ 29 ވަނަ ދުވަހު ދެއްވި ސަރވިސް ސްޕަވައިޒަރ (ގްރޭޑް1) ކަމުގެ ވަަޒީފާ އަލުން އިޢާދަ ކޮށްދެއްވައި އަޅުގަނޑު ވަޒީފާއަށް ނެރެދެއްވުމަށް ދެންނެވުމެވެ. ”

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©