• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

’ރޯދަމަހު އިންތިހާބު ބޭއްވުމަކީ ފުއާދާއި ސަރުކާރުގެ އަމިއްލަ ވިސްނުމެއް‘

by މުރާސިލު
ފެބްރުއަރީ 21, 2024
in ޚަބަރު
0
ފޯމުތައް ޗެކުކޮށް ނުނިމެނީސް ދަ ޑިމޮކްރެޓިކްސް އުފައްދަން ހުއްދަ ދޭން ފުއާދު މަސައްކަތް ފަށައިފި

ރޯދަމަސް ތެރޭގައި ރައްޔިތުންގެ މަޖުލީހުގެ އިންތިހާބު ބޭއްވުމަށް މަޖުލީހުގެ ކޮމެޓީން ރުހުން ދިން ކަމަށާއި، އޭރުގެ ކޮމެޓީގެ ރޫހު ހުރީވެސް ރޯދަމަސް ތެރޭގައި އިންތިހާބު ބޭއްވުމަށްކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ދެއްކި ވާހަކަތައް މަޖުލިސް މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ ބައެއް އިސްބޭފުޅުން ދޮގުކޮށްފިއެވެ. އިލެކްޝަން ކޮމިޝަނުގެ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ފުއާދު ދެއްކެވި ވާހަކަތައް ކުއްވެރިކުރަމުން އެމްޑީޕީގެ ޑެޕއިުޓީ ޗެއަރޕަސަން އިބްރާހިމް ވަހީދު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ފުއާދު ހެއްދެވީ ވަރަށް ބޮޑު ދޮގެއް ކަމަށާއި މަޖުލީހުގެ ކޮމެޓީގައިވެސް އަދި މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ބޭއްވި ބައްދަލުވުންތަކުގައިވެސް ރޯދަމަހު އިންތިހާބު ބޭއްވުމަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި މަޖުލީހުގެ ކޮމެޓިންނާއި އިލެކްޝަން ކޮމިޝަނަށް ލަފާދޭ ކޮމެޓިން ދަންނަވާފައިވާނީ ގާނޫނު ބަދަލު ނުކޮށްވެސް ރޯދައިގެ ފަހުން މަޖުލިސް އިންތިހާބު ބޭއްވިދާނެ ކަމަށެވެ. އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު އޭރުވެސް އެކި އުޒުރުތައް ދެެއްކެވި ކަމަށާއި ރޯދައިގެ ފަހުން ސްކޫލު ހޯލުތައް ލިބުމުގެ ދަތިކަމާއި ސިވިލް ސަރވިސް މުއައްޒަފުން ހޯދަންވެސް ދަތިވެދާނެ ކަމަށް ދިޔައީ ބުނަމުން ކަމަށެވެ.

މުއައްސަސާތަކުން ތަކުރާރުކޮށް ދެކޮޅު ހެދުމުންވެސް ފުއާދު ގޮތް ދޫނުކޮށް ރޯދަމަހު ތެރޭގައި އިންތިހާބު ބާއްވަން ނިންމުމުން އޭގެ ފަހުން އިލެކްޝަންގެ ބައްދަލުވުމުގައި އެމްޑީޕީން ބައިވެރިނުވާ ކަމަށްވެސް އިބުރޭ ވިދާޅުވިއެވެ. އެމްޑީޕީން ތުހުމަތު ކުރަނީ ރައީސް މުއިއްޒުގެ އެދިލެއްވުމަށް އިސީގެ ރައީސް ނިންމަވައިގެން އުޅެނީ ސިޔާސީ ނިންމުމެއް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުންވެސް ލަފާދެއްވީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. ސީއެސްސީގެ އިތުރުން ދަ ޑިމޮކްރެޓްސް ޕާޓީންވެސް ލަފާދީފައިވަނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެެވެ. މި ގޮތަށް ލަފާ ދެއްވުމުން ފުއާދު ތައުފީގު ވަރަށް ބޮޑަށް ކޯފާވެ، ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށް ތަކުރާރުކޮށް، ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދެވިއެވެ.

ރައްޔިތުންގެ މަޖުލީހުން ގާނޫނަށް ބަދަލެއް ގެނެސް ރޯދައިގެ ފަހަށް އިންތިހާބު ބާއްވަން ހަމަޖެއްސީވެސް އީސީގެ ރައީސް ފުއާދު ތައުފީގު ތަކުރާރުކޮށް މަޖުލީހުގެ ލަފާ އަށް އަމަލުކުރަން ދެކޮޅު ހެއްދެވުމުންނެވެ. މަޖުލީހުގެ މެމްބަރުން ބުނަނީ ރޯދަމަހު އިންތިހާބު ބޭއްވުމުން ވަރަށް ގިނަ ބަޔަކު ވޯޓުލާން ނުނިކުތުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެކަމަށް ހިތްވަރުދޭ ބަޔަކަށް އީސީވެސް މަޖުލިސްވެސް ބޭނުން ނުވާނެ ކަމަށެވެ.

ރައީސް މުއިއްޒާއި ޕީއެންސީން ރޯދަމަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ތާއިދު ކުރުމުން އެކަމަށް އީސީގެ ރައީސް ފުއާދު ނިންމެވީ އެކަމުގައި ފުއާދަށް ސިޔާސީ މަންފާއެއް ލިބޭތީ ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. މިގޮތުން އަލަށް ހުޅުވި ތުރުކީ އެމްބަސީގެ އެމްބެސެޑަރުގެ މަގާމަށް ފުއާދު އައްޔަންކުރަން ނިންމާފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ. މީގެ އިތުރުން މިފްކޯގެ އެމްޑީއަކަށްވެސް ރައީސް މުއިއްޒު އައްޔަންކުރައްވާފައިވަނި ފުއާދު ތަގުފީގުގެ މަސްލަހަތު އޮންނަ ވިޔަފާރީގައި ބައިވެރިވާ ފަރާތެކެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ފުއާދު ތައުފީގު ވަރަށް ފާޅުގައި ވަނީ އޭރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް މަސައްކަތް ކުރައްވާފައެވެ. އެކަމުގެ ސަބަބުން އިލެކްޝަން ކޮމިޝަނުގެ މެމްބަރުންނާއި ފުއާދާއި ދެމެދު މައްސަލަޖެހި ބައެއް ބައްދަލުވުންތައްވެސް މެމްބަރުން ދިޔައީ ހާޟިރުވުމަށް ދެކޮޅު ހަދަމުންނެވެ. އެ ދުވަސްވަރު އީސީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އިސްމާއިލް ހަބީބެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©