ގައުމީ ސަލާމް ކިޔުމާއި ދިވެހި ގައުމީ ދިދައަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާއިރު ކޮޅަށް ތެދުވެ މޭމަތީގައި އަތް އެޅުމަކީ ހަރާމް ކަމެއްގެ ގޮތުގައި ކަނޑައެއް ނޭޅޭނެ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.
އެ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނީ ގައުމީ ސަލާމް ކިޔުމާއި ގައުމީ ދިދައަށް ސަލާމްކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށްހުރުމާއި ޝަރުއީ އަޅުކަމެއް އަދާކުރުމުގައި ހަށަމަށް ދެ އަތް ބަނދެގެން ހުންނަ ގޮތަށް ނޫން ގޮތަކަށް މޭމަތީގައި އަތްދަނޑީ ބޭއްވުމަކީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ޝަރުއީ މަސްދަރުތަކުގެ އަލީގައި ކުރި ދިރާސާތަކުންނާއި އިސްލާމީ ފަތުވާދޭ ބައިނަލްއަގުވާމީ މަޖިލިސްތަކުގެ ފަތުވާތަކަށް ބެލުމުން އެނގޭ ކަމަށެވެ.
އަދި އެއީ އާދަކާދައާ ގުޅުންހުރި ކަމެއް ކަމަށާއި އާދަކާދައިގެ އަސްލަކީ ހުއްދަވުން ކަމަށްވެސް ފަތުވާގައި ބުނެފައިވެއެވެ.
”އެހެންކަމުން މަތީގައި ބަޔާންކުރެވުނު މައްސަލަ ދިރާސާ ކުރުމުން އެނގި ހާމަވީ މިކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގައެވެ.“ ފަތުވާގައި ބުނެފައިވެއެވެ.
ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ގައުމީ ސަލާމް ކިޔަންޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފައެވެ.
ބައެއް ސްކޫލުތަކުގެ އެސެމްބްލީ ފެށުމުގެ ގޮތުން ކިޔަމުންއައި ސްކޫލު ލަވަ ކިޔުންވެސް ހުއްޓާލާފައިވަނީ ދީނީ ގޮތުން ހުއްދަކަމެއް ނޫން ކަމަށް ބުނެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ. ނަމަވެސް އަންނަ ދިރާސީ އަހަރުގައި ކޮންމެ ސްކޫލަކުންވެސް އެސެމްބްލީ ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔުމަކީ މަޖުބޫރުކަމެއް ކަމަށްވަނީ ކަނޑައަޅާފައެވެ.
ފަތުވާ އެއް ތިކަމަށް ނެރެންޖެހޭ ކަމެއްނޫން ތިޔަކީ ތިހެން ފަރުވާތަކަށް ދިޔައިމަ ހުވައިކުރި ދުވަހު ޑޮކްޓަރ މުއިއްޒު ގެ އެ ހަރަކާތުން ފެނުނު ދުރަށް އިޝާރާތްކޮށް ދިދަޔަ ވާހަކަ ދެއްކުން ދީނީ ހަރަކާތަކަށް ނުވަތަ އެކަމުން ގޯސްމާނައެއް އުޅޭ ކަން މީހުންނަށް އެބަ ޝައްކު ކުރެވޭގޮތް ވެދާނެ. ވީމާ ފަތުވާ އެއްނެރޭ ހިސާބަށް ދިއުން ވެގެން ދިޔައީ ގޯހެއްގެ ގޮތުގާ. ޔަގީނުންވެސް ޑޮކްޓަރ މުއިއްޒު އެގޮތަށް އެކަން ކުރެއްވީ އެއްވެސް ގޯމާނައެއްގަނޫން އަދި ކީތް އެއީ ވާހަކަ ދެއްކުމުގެ އުކުޅެއް ބޭނުންކޮށްގެން ކުރި ކަމެއް. އެއަކުނެން އެއްވެސް ގޯހެއް