ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތެރޭގައި އެކި ތަންތަނަށް ކުޅު ޖަހަމުން ދިޔަ މީހަކު ޗައިނާ އަންހެނަކު ފުލިުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އޭނާ ދިޔައީ އެއާޕޯޓްގެ ތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅު ޖެހުން ފަދަ އަމަލުތައް ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
މަންޒަރުދުށް މީހުން ބުނާގޮތުގައި އެ އަންހެން މީހާ އެއަރޕޯޓު ތެރޭގައި އަޑުގަދަކޮށް، އެތަންމިތަނަށް ކުޅުޖަހަމުންދިޔައީ ކޮންމެވެސް ވާހަކަތަކެއްވެސް ދައްކަމުންނެވެ. އެވަގުތު އެއަރޕޯޓަށް ފުރަންގޮސް ތިބި ފަތުރުވެރިންނަށް އުނދަގޫކޮށް، އެއަރޕޯޓުގެ ބައެއް ތަކެއްޗަށް ގެއްލުންދޭންވެސް އޭނަ ވަނީ މަސައްކަތް ކޮށްފައެވެ.