ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރަމުންދާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓިކްސް ރަޖިސްޓްރީކޮށްދިނުމުގައި، އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މަސައްކަތް ކުރައްވަނީ އުސޫލުން ބޭރުންކަމަށް ތުހުމަތުކޮށްފިއެވެ. ދަ ޑިމޮކްރެކްރެޓިކްސް އިން އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ތިންހާހަށް ވުރެ ގިނަ ފޯމު ޗެކުކޮށް އަދި ނުނިމެއެވެ. އެހެން ވިޔަސް އިލެކްޝަން ކޮމިޝަނުގެ ރައީސް އަވަސް އަރުވާލައިގެން އެ ޕާޓީ އުފައްދަން ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެއެވެ.
މީގެ ކުރިން ސިޔާސީ ޕާޓީތައް ރެޖިސްޓްރީ ކުރުމަށް ބޭނުން ކުރަމުން އައި ހަރުދަނާ އުސޫލުވެސް ދޫކޮށް ފުއާދު ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް ނަޝީދުގެ ޕާޓީއަށް ހުއްދަ ދިނުމަށެވެ. މި ކަމަށް ޕްރެޝަރު ކުރުމުގެ ގޮތުން މިއަދު ވަނީ އެ ޕާޓީ ހެދުމަށް މަސައްކަތް ކުރަމުންދާ ބައެއް މެމްބަރުން އިލެކްޝަން ކޮމިޝަން ދޮަށަށް އެއްވެ، ޕާޓީ ރެޖިސްޓްރީ ކުރުމުން ނޫނީ ނުދާނެ ކަމަށްބުނެ ހަޅުތާޅު ކޮށްފައެވެ. މި މީހުން އެއްވުމުން އިލެކްޝަން ކޮމިޝަނުގެ ރައީސްވަނީ އަވަސް އަރުވާލައިގެން މެމްބަރުންގެ ކުއްލި ބައްދަލުވުމެއް ބާއްވާ، އެ ޕާޓީ ރެޖިސްޓްރީ ކޮށްދިނުމަށް އެދި އާދޭސް ދަންނަވާފައެވެ. ފުއާދުގެ ބަހަށް ވޯޓު ދެއްވީ އެ ކޮމިޝަނުގެ ނައިބްރައީސް އިސްމާއިލް ހަބީބެވެ. ދެން ވޯޓު ދެއްވީ ފުއާދު އަމިއްލަ ފުޅަށް މިއަދުން މިއަދަށް އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ފާސްކޮށްދިނުމަށެވެ.
އުސޫލުން ބޭރުން އެއްވެސް ސިޔާސީ ޕާޓީއެއް ރެޖިސްޓްޜި ކޮށްދިނުމަކީ އިލެކްޝަން ކޮމިޝަނުގެ ގާނޫނާއި ގަވައިދުގައިވެސް މަނާ ކަމެކެވެ. އެހެން ވިޔަސް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އަމިއްލަފުޅަށް މަސައްކަތް ކުރައްވައިގެންވެސް ބޭނުންވަނީ އަވަހަށް އެ ޕާޓީ އުފައްދަން ހުއްދަ ދިނުމަށެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގަކީ ފެށުނީއްސުރެން މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. މި ސަރުކާރު ފެށުނީއްސުރެން ސޯސަލް މީޑިއާގައި ވަރަށް ފާޅުގައި ސަރުކާރަށް ފާޑު ކިއަމުން އަންނަނިކޮށް، އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރީ ނަޝީދުގެ އެދުމުގެ މަތިންނެވެ. އެ ދުވަސްވަރުގައި އެމްޑީޕީގައި ދެ ފެކްޝަން ފާޅުގައި އުފެދިފައިނުވެއެވެ.
ފާޅުގައި ސިޔާސީ ވަކި ބޭފުޅަކަށްޓަކައި، މިނިވަން މުއައްސަސާއެއްގެ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު އުޅުއްވާ ގޮތުން ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިއުން ފުއާދު ތައުފީގަށް އަބަދުވެސް އޮވެއެވެ. މިއީ ރިޔާސީ އިންތިހާބުގެ އަހަރަށް ވެފައި އިލެކްޝަން ކޮމިޝަނުގެ ރައީސް ކަމުގައި ފުއާދު ތައުފީގު ހުންނަވައިގެން ނަޝީދު ބޭނުންފުޅު ނުވާ ނަތީޖާއެއް އަތުވެއްޖެ ނަމަ އަނެއްކާވެސް ދިވެހިން ކުރިމަތިލާން ޖެހޭނީ ހަލަބޮލި ދުވަސްތަކެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ލަފާކުރެއެވެ.
ތީ ކަނޑައެޅި ގެން ދޮގެއް އަހަރެންނަކީ އިންތިހާބާބެހޭ ޓާސްފޯހުގެ ބައިވެރިއެއް މިދިޔަ ހަފްތާގެ ނިޔަލަށް 7 ހާހަށް ވުރެ ގިނަ ސައްހަފޯމް ވާނީ ޕްރޮސެސް ކޮށް ނިމިފަ ތީ ފިތުނަ އުފައްދަން ކުރާ މަސަތްކަށް ހުއްޓާލާ