• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޮއްދޫއަށް އަރާ މީހަކަށް ހަމަލާ ދީފި

by މުރާސިލު
މެއި 20, 2023
in ޚަބަރު
2
މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޮއްދޫއަށް އަރާ މީހަކަށް ހަމަލާ ދީފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު ނ. ފޮއްދޫ އަށް އަރާ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފޮއްދޫ ސްކޫލުގެ އިމާރާތެއް ހެދުމުގެ މަސައްކަތް ކުރުމަށް އެ ރަށުގައި ތިބި ބިދޭސީ މަސައްކަތު މީހަކަށް ހަމަލާ ދިނީ ލޯންޗެއްގައި އައި ބައެކެވެ. މި މީހުން ވަނީ ބިދޭސީ މީހާ ހިފަހައްޓާ ވަރަށް ބޮޑަށް އަނިޔާ ކުރުމަށް ފަހު ފޯނުވެސް އަތުލާފައެވެ. މިރޭ ގާތްގަނޑަކަށް 08:30 – 09:30 އާ ދޭތޭރޭ އެ ރަށަށް އެރި ގުރޫޕުގައި ހަތަރު ވަރަކަށް މީހުން ހިމެނޭކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. މިމީހުން ތެރޭގައި މުޅިންވެސް ތިބީ ދިވެހިން ކަމަށާއި މިމީހުން ގެ ޓާގެޓަކީވެސް މި ބިދޭސީން ތިބޭ ގެއެވެ. މި ގޮތުން އެ މީހުން ތިބޭ ގޭ ކައިރިއަށް ދިޔައިރު އަނިޔާ ލިބުނު ބިދޭސީ މީހާ ހުރީ ފޯނެއްގައި ބޭރުގައި ކަމަށާއި އޭނާ ފެނުމުން ވަގުތުން ހަމަލާދިނީ ކަމަށެވެ.

ނ. ފޮއްދޫގައި މި ވަގުތު ހުރި މުރާސިލުގެ ނޫސްވެރިޔަކު ވަނީ އަނިޔާ ލިބުނު ބިދޭސީ މީހާއާ ވާހަކަ ދައްކާ މައުލޫމާތު އޮޅުން ފިލުވާފައެވެ. އެ މީހާ ބުނާ ގޮތުން 3 މީހަކު ވެގެން އޭނާ ހިފަހައްޓާފައި ދެން ހުރި މީހާ ވަނީ އޭނަގެ ބޮލަށާއި އަތަށް އަނިޔާ ކޮށްފައެވެ. އެމީހުން އައީ ވެސް އަނދިރި މަގުތަކުން ކަމަށާއި ބޮލާއި މޫނު ނިވާކޮށްފައި ތިބުމުން އެއީ ކޮން ބައެއް ކަމެއް ނޭންގޭ ކަމަށެވެ. ނަމަވެސް އެ ގުރޫޕުގައި މުޅިންވެސް ތިބީ ދިވެހިންނެެވެ.

މި މަރާމާރީ ހިންގުމަށް ފަހު އެމީހުންވަނީ ލޯންޗުގައި ފުރައިގެން ގޮސްފައެވެ. އޭގެ ވިއްސަކަށް މިނެޓް ފަހުން ޕޮލިހުން އައިސް މައްސަލަ ބަލަން ފަށާފައިވިޔަސް އެ ކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއެވެ.

ނ. އަތޮޅުގައި މީހުން އުޅޭ ރަށްރަށުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ޓުއަރިޒަމް ގެ ހަރަކާތްތައް ހިންގަނީ ފޮއްދޫގައެވެ. މި ރަށަކީ ނ. އަތޮޅުގެ އާބާދި އެންމެ މަދު އެއް ރަށެވެ.

އެ ރަށުގައި ޕޮލިހުންގެ ހިދުމަތް ނުލިބޭތީ ރަށު ރައްތިތުންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.

މި ދުވަސްކޮޅު ރަށު ތެރޭ ބައެއް މަގުތަކުގެ ހޮޅިބުރިތައްވެސް ނުދިއްލޭތީ ބައެއް މަގުތައް ވަރަށް ބޮޑަށް އަނދިރި ވުމުން، ރަށަށް އެރި ގުރޫޕުވެސް އެހާ ބޮޑަށް ފާހަގަ ނުކުރެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ފާހަގަ ކުރިއެވެ.

މި ހަމަލާގައި ޒަހަމްވި 24 އަހަރުގެ އިންޑިޔާ މަސައްކަތު މީހާ، ނ. ފޮއްދޫ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޖޫން 2, 2025
ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މެއި 30, 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025

Comments 2

  1. އިއްމަ says:
    2 years ago

    ނ.ފޮއްދޫ 11 ޖެހި އިރު ބަޔަކު އަރާ މާރާމާރީ ނުހިންގަ . ފޮއްދޫއަކީ އެއްވެސް ޒަމާނެއްގައި ތަޅާފޮޅުމާއި ވައްކަން ކޮށް އުޅޭ ރަށެއް ނޫނެވެ. ރަށުގައި ހުރި %99 ހޮޅިދަނޑިއަކީ ދިއްލޭ އެއްޗެކެވެ. ޒިންމާދާރު ނޫސްވެެރިކަމަކީ މީހަކު ދޭހާ މަޢުލޫމާތަކަށް ބިނާކޮށް ކުރާ ކަމަކަށްވެއްޖެނަމަ ފިތުނަ ފަސާދައުފެދިދާނެއެވެ.

    Reply
    • ޑަންޑަހެލު says:
      2 years ago

      އިންމަ ހުރީ ރޭގަ ފޮއްދޫގަތަ؟ ރޭގަ ފޮއްދޫގައި މާރަމާރީއެއް ހިނގި ފުލުހުންވެސް ފޮއްދޫއަށް ދިޔަ. ހަކުރުބޯ މީހެއް ކައިރިއަށް ލައިގެން އުޅެންޏާ ހަކުރުބޯ މީހުން ނުވާނެ ގޯހެއް. ފޮއްދޫގައި ހުރިހާ ވެސް މައްސަލައަކީ ހަކުރު

      Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©