ސޯސަލް މީޑިއާ ގައި ’ހަސަން ކުރުސީ‘ ގެ ނަމުގައި ހުޅުވާފައިވާ ޓުވިޓަރ އެކައުންޓަކީ ކާކުތޯ ބަލައި ދިނުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގައި ރައީސް ނަޝިދު ވަނި އެދިފައެވެ. އެމަނިކުފާނު ފޮނުވާފައިވާ ސިޓީގައި ފުލުހުންގެ ކިބައިން އެ އެކައުންޓުގެ ވެރިފަރާތެއް ހޯދަން ބޭނުންވާ ސަބަބަކީ އެ އެކައުންޓުގައި ޝާއިއުކުރަމުންދާ ލިޔުންތަކުން އެމަނިކުފާނަށް ގެއްލުންވަމުން ދާތީއެވެ. ބައެއް މީހުން ހީކުރާ ގޮތުގައި އެއީވެސް ރައީސް ނަޝީދު ގެންގުޅުއްވާ އެކައުންޓެއް ކަމަށެވެ.
އެ ޓުވިޓަރ އެކައުންޓު (ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓަރ) ގައި އާއްމުކޮށް ލިޔުންތައް ލިޔެފައި ހުންނަނީ ވަރަށް ބޮޑަށް މީހުންނަށް ފުރައްސާރަކޮށް، އަބުރު ކަތިލާ އުސޫލުންނެވެ. ރައީސް ނަޝީދާއި ފިކުރުގެ ދިރުމުގެ ޓީމުގެ މެމްބަރަކަށް އަންނަ ހުރިހާ ފާޑުކިޔުމަކާއި ރައްދެއް ދެނީވެސް ހަސަން ކުރިސީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުކިޔައި ހަޑި ހުތުރުބަހުން މުހާތަބުކޮށް، ފިކުރުގެ ދިރުމުގައި އުޅޭ މެމްބަރުންނަށް ވަރަށް ބޮޑަށް ތާއިދުކޮށްފައިހުރެއެވެ.
ރައީސް ނަޝީދުގެ މި ސިޓީއާއި ގުޅިގެން ސޯސަލް މީޑިޔާގައި އާއްމުންގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ. ސަބަބަކީ މީގެ ކުރިން އެއީ ކާކުކަން ނޭންގި މަޝްހޫރުވެސް ނުވަނިސް ހަސަން ކުރުސީގެ ތައާރަފެއް ނަޝީދު ދެއްވާފައިވާތީއެވެ. އެމަނިކުފާނުގެ ރަސްމީ ޓުވިޓަރ އެކައުންޓުގައި ހަސަން ކުރުސީ އާއި ބެހޭ ގޮތުން ލިޔެފައިވެއެވެ
“ ހަސަން ކުރުސީ އަކީ އަޅުގަނޑުގެ ބައެއް ލިޔުންތަކުގެ ހިޔާލީ ސަހުސެއް، އޭނާ އަކީ އަޅުގަނޑުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ސަހުސިއްޔަތެއް ކަން ދަންނަވަން އުނދަގޫ. އެކަމަކު އޭނާއަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން.“ 13 ނޮވެމްބަރ 2022 ގައި ކޮށްފައިވާ ޓުވީޓުގައި ލިޔެފައިވެއެވެ. ރައީސް ނަޝީދުގެ އަމިއްލަފުޅަށް ލިޔެފައިވާ މިބަސްކޮޅު ކިޔާލީމާ ހަސަން ކުރުސީއަކީ ކާކުކަން އެއްވެސް ބަޔަކަށް ނޯޅެއެވެ. ހާއްސަކޮށް ސޯސަލްމީޑިއާ ގައި އުޅޭ ސިޔާސީ ފަރާތްތަކަށެވެ.
މި ވަގުތަށް ކުރުސީ ގެ ކަންތަކުގައި ސިޓީއެއް ފޮނުވައި އެކަން މީޑިއާއަށް ހާމަކުރުމުގެ މަގުސަދަކީ ކޮބައިކަމެއް ނޭންގުނަސް ސޯސަލްމީޑިއާގައި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އެ ސިޓީގެ މަގުސަދަކީ ކުރުސީ މަޝްހޫރުކޮށްލުމެވެ. ނުވަތަ އަސްލަށްވެސް ކުރުސީ ގެ ބަސްމަގުގެ ސަބަބުން ނަޝީދުގެ ކެމްޕެއިނަށް އަސަރުކުރަނީއެވެ. މީހުން ނަފްރަތު ކުރަނީއެވެ. ނުވަތަ އެހެން ކަމަކަށް ފޯކަސް އަނބުރާލުމުގެ އުކުޅުކަށްވެސް ވެދާނެއެވެ. ސިޓީގައި ހަސަން ކުރުސީގެ ޓުވިޓަރ ގެ އެއްވެސް މައުލޫމާތެއް (ޔޫސާރ ނޭމް ކަހަލަ) ހިމަނާފައި ނެތުމަކީވެސް މި ކަމުގެ ސީރިއަސްކަން ކުޑަކަން އަންގައިދޭ ކަމެކެވެ





ކުރުސީ އަކީ ނަސީދު އަކީ ކުރުސީ އޮޅުވާނުލާ